Post banner
ރާއްޖެ

އިނގިރޭސި ރަސްގެފާނުގެ އުފަންދުވަސް މާލޭގައި ފާހަގަކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިނގިރޭސި ރަސްގެފާނުގެ އުފަންދުވަސް މާލޭގައި ފާހަގަކޮށްފި

އިނގިރޭސި ރަސްގެފާނުގެ އުފަންދުވަހުގެ ކޭކު --- ފޮޓޯ: ރައީސް އޮފީސް

އިނގިރޭސި ވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) ގެ އުފަންދުވަސް ފާހަގަކުރުމަށް، މާލޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަނުން ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފެވެ.

މިހަފްލާގައި އެމަނިކުފާނުގެ ވާހަކަފުޅުގައި، ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) އަށް ތަހުނިޔާއާއި، ހެޔޮއެދުންތައް އަރިސް ކުރައްވާފައިވެއެވެ. އަދި ތިމާވެށި ޙިމާޔަތް ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، އަދި އާސާރީ ތަރިކަ ރައްކާތެރިކުރުމަށް، ކިންގް ޗާލްސް (ތިންވަނަ) ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، އެކަންކަމަކީ، ދިވެހި ރާއްޖެއިންވެސް ވަރަށް އިސްކަންދެއްވާ ކަންތައްތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ހިޒް މެޖަސްޓީގެ ޒަޢާމަތުގެ ދަށުން، އެއްބައިވަންތަކަމާ، ޒިންމާދާރުކަމާއެކު، ބައިނަލްއަޤްވާމީ ފެންވަރުގައި ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް