ލުއި ޚަބަރު

ވެނެއް އެއްގަމަށް އަރައި ކަކުނި ފަހައި ދުވާމަންޒަރު ފެންނަ ވީޑިއޯއެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވެނެއް އެއްގަމަށް އަރައި ކަކުނި ފަހައި ދުވާމަންޒަރު ފެންނަ ވީޑިއޯއެއް

މޫދުގައި އުޅޭ ވެނެއް ކަކުނި ހިފަންވެގެން އެއްގަމަށް އަރައި ދުވާ މަންޒަރު މީގެ ކުރިން ދުވަހަކުވެސް ދުށިންހެއްޔެވެ؟

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފަތުރުވެރިއަކު ވަނީ އެފަދަ މަންޒަރެއް ރެކޯޑްކޮށް ސޯޝަލް މީޑިއާއަށް ދޫކޯށްލާފައެވެ. އެ ވީޑިއޯގައި ފެންނަނީ، ރާއްޖޭގެ ރަށްރަށުގައި އާއްމުކޮށް ފަޅުތެރޭ އުޅޭ، ކިރުވެނުގެ ނަމުން ދިވެހިން ނަންކިޔައި އުޅޭ ބާވަތުގެ ބޮޑު ވެނެއް މޫދު ތެރޭގައި ކަކުނި ހިފަން އުޅޭ މަންޒަރެވެ. ވެނަށް އަތު ނުވާންވެގެން ކަކުނި ދުވެފައި އެއްގަމަށް އެރީމާ، ވެންވެސް ފަހަތުން އެއްގަމަށް އަރާ މަންޒަރު އެވީޑިއޯއިން ފެނެއެވެ. އަދި އިރުކޮޅަކު އެއްގަމުގައި އޮތުމަށްފަހު ކަކުނި އަތުނުވުމުން، ވެން އަލުން މޫދަށް ފައިބައެވެ.

https://web.facebook.com/share/r/1GJaK9FgTc/

ދެން ވީޑިއޯގައި ފެންނަނީ، ފަތުރުވެރިޔާ މޫދަށް ކަކުނި ފައްސާލުމުން، ވެން އައިސް އެ ކަކުނި ކާލާ މަންޒަރެވެ. އަދި އެސަރަހައްދުގެ މޫދުގައި އޮތް އެހެން ކަކުންޏެއްވެސް އެވެން ކާލާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މި ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

ރާއްޖޭގައި އާއްމުކޮށް އުޅޭ މިބާވަތުގެ ވެނަކީ، އާއްމުކޮށް މީހުންނަށް ހަމަލާދޭ ބާވަތުގެ ވެނެއް ނޫންނަމަވެސް. މީހުންގެ ގައިގައި ވެން ދަތް އެޅުމުގެ ހާދިސާތައް ރެކޯޑްކުރެވިފައި ވެއެވެ. އަދި ވެނަކީ ގޮނޑު ދޮށުގެ ރާޅުޖަހާފަށަށް އަރައި އުޅޭ އެއްޗެއް ކަމަށާއި، ގޮނޑުދޮށަށް މަސްކަނޑާފައި އުކާތަކެތި ކާން އާއްމުކޮށް ވެން ޖަމާވާނެ ކަމުގައި މަސްވެރިން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް