Post banner
ރާއްޖެ

ކަށިކެޔޮ ގަނޑަކާއިއެކު މީކާއީލް ފޮޓޯ ނެގުމުން ރައީސް ނަޝީދުގެ ސަޕޯޓަރުން ހިތްހަމަނުޖެހިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކަށިކެޔޮ ގަނޑަކާއިއެކު މީކާއީލް ފޮޓޯ ނެގުމުން ރައީސް ނަޝީދުގެ ސަޕޯޓަރުން ހިތްހަމަނުޖެހިއްޖެ

މީކާއީލް ކަށިކެޔޮގަނޑަކާއި އެކު،

އެމްޑީޕީގެ ޗެއާޕަރސަން އިންތިޚާބުގެ ތެރެއިން އަތޮޅުތެރޭގެ ރަށަކަށް ކުރި ދަތުރެއްގައި، އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމް، ހުސްވެފައި އޮތް ރަތްކަށިޔޮގަނޑަކާއެކު ނަގާފައިވާ ފޮޓޯއެއް އާއްމުވުމުން ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ހިތްހަމަ ނުޖެހިއްޖެއެވެ.

މީކާއީލްގެ އެފޮޓޯއާއި ގުޅިގެން ރައީސް ނަޝީދުގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރީ، އެއީ ރައީސް ނަޝީދަށްކޮށްފައިވާ މަލާމާތެއް ކަމަށް ބުނެއެވެ. އެކަމާއި ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ބަހުސެއް އުފެއްދި އެއް ބޭފުޅަކީ، މާލޭ ސިޓީކައުންސިލްގެ ހުޅުމާލެ އުތުރު ދާއިރާގެ ގޮނޑިއަށް އިންތިޚާބުވި ފާތިމަތު ޒަހިއްޔާ (ޒާޔާ)އެވެ. މީގެ އިތުރުންވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ވަނީ، އެކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަތީ ކާމިޔާބު ނުވުމުން ރައީސް ނަޝީދު ވަނީ، އެމަނިކުފާނުގެ އަރިސް ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން އެޕާޓީގެ ޖަލްސާއެއްގައި އެމްޑީޕީއަށް ކަށިކެޔޮގަނޑެއްގެ މިސާލު ޖައްސަވައި ފުލުވައް ވެއްޓިއްޖެކަމުގައި ވިދާޅުވެފައެވެ. އަދި ހަރުއަޑުން އެމްޑީޕީ ރޫޅައިލައްވާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެވިދާޅުވުމަށް ހިއްވަރު ދެއްވައި، ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއިން މާލޭގައި ޖަގަހައެއް ހުޅުވުމަށް ކަށިކެޔޮގަނޑެއްގައި ރިބަން އައްސައިގެން ރޫޅާލައި އެމްޑީޕީއަށާއި އެޕާޓީގެ މެމްބަރުންނަށް ފުރައްސާރަވެސް ކުރިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް