ހުޅުމާލެ ވަން އެވެނިއުގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާން ރޯވި އެޕާޓްމަންޓްގެ ބަދިގެއަށް ލިބިފައިވާ ގެއްލުން -- ފޮޓޯ: އެންޑީއެމްއޭ
ހުޅުމާލެ ފިތުރޯނު މަގުގައި ހުންނަ ވަން އެވެނިއުގެ ފްލެޓެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ އެޕާޓްމަންޓްގެ ބަދިގޭގައެވެ. އެހާދިސާގައި ބަދިގޭގައި ބަދިގޭގެ ކަބަޑު ސެޓް އަނދައި ގެއްލުންތައް ވަނީ ލިބިފައެވެ. އެހެން ނަމަވެސް ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މިހާތަނަށް އެމްއެންޑީއެފުން އެއްވެސް މައުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ހާމަކުރައްވާފައިވާ ގޮތުގައި އަލިފާނުގެ އެހާދިސާ ހިނގާފައި ވަނީ، ވަންއެވެނިއުގެ 7ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައެވެ. އަދި އަލިފާނުގެ އެހާދިސާ އާއި ގުޅިގެން އެ އެޕާޓްމަންޓްގައި ދިރިއުޅެމުން އައި އާއިލާއަށް ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައި އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް