ސާޅީސް އެއް މީޑިއާއަކަށް ފައިސާދޭން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މީޑިއާ ކޮމިޝަނުން މީޑިއާތަކުގެ އެޑިޓަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މީޑިއާ ކޮމިޝަން
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޫކުރާ ފައިސާ މިއަހަރު 41 މީޑިއާއަކަށް ދިނުމަށް ނިންމައިފިއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މީޑިއާތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް އެދި 57 މީޑިއާ އަކުން ކުރިމަތި ލިއެވެ. އޭގެ ތެރެއިން މާލީ އެހީ ދިނުމުގެ ޝަރުޠުތައް ފުރިހަމަވާކަމަށް ކޮމިޝަނުން ނިންމާފައި ވަނީ 41 މީޑިއާއެކެވެ.
ޔޫތު މިނިސްޓްރީން އެންމެ ފުރަތަމަ ހުޅުވާލިއިރު، މާލީ އެހީ ދިނުމަށް ނިންމީ 18 މީޑިއާއަކަށެވެ. އެހެން ނަމަވެސް ޝަކުވާ ބޮޑުވުމުން އެކަން ކެންސަލްކޮށް އެމަސައްކަތް އެމިނިސްޓްރީން ހަވާލުކުރީ މީޑިއާ ކޮމިޝަނަށެވެ.
2025 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި މީޑިއާތަކަށް ދިނުމަށް ކަނޑައަޅާފައި ވަނީ 27 މިލިޔަން ރުފިޔާއެވެ.
މާލީ އެހީ ދިނުމުގެ އުސޫލުތަކަށް މީޑިއާ ކޮމިޝަނުން ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. މިގޮތުން އަލުން އެހީ ލިބޭނެ މީޑިއާތައް ކަނޑައެޅި އިރު، 2 އަހަރު ނުވާ މީޑިއާތަކަށްވެސް ޝަރުޠު ފުރިހަމަވާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން މިއަހަރު މީޑިއާތަކަށް ކަނޑައެޅި ފައިސާ އެކީ އެއްފަހަރާ ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް