Post banner
ރާއްޖެ

އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ދަރިވަރުންނަށް ނަމާދު ކޭމްޕެއް ބާއްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ދަރިވަރުންނަށް ނަމާދު ކޭމްޕެއް ބާއްވައިފި

އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާއިން ބޭއްވި ނަމާދު ކެމްޕްގެ ތެރެއިން ---

އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ޤުރުއާން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ކުރިޔަށްގެންދާ ނަމާދު ކޭމްޕް ބާއްވައިފިއެވެ.

ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާ މިކޭމްޕް މިފަހަރު ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.

މިކޭމްޕްގައި، 3 އަހަރާއި 14 އަހަރާއި ދެމެދުގެ 112 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މިފަހަރުގެކޭމްޕްވެސް ކުރިޔަށް ގެންގޮސްފައި ވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

މިފަހަރު ބޭއްވި ނަމާދު ކޭމްޕްގައިވެސް ވަނީ، ދަރިވަރުންނަށް، ވުޟޫކުރުމާއި ޠަހާރަތުގެ ކަންކަން ދަސްކޮށްދީ، ބަންގިގޮވުމާއި، ނަމާދުކުރާނެ ގޮތާއި، ނަމާދުގައި ކިޔާ ތަސްބީޙަތައް ދަސްކޮށްދިނުމާއި، ޛިކުރުތަކާއި، މިސްކިތުގެ އަދަބުތައް ދަސްކޮށްދީފައެވެ. އަދި ކޭމްޕްގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށްވެސް ނަމާދުކުރާނެ ގޮތާއި، ނަމާދުަގައި ކިޔާ ދުޢާތަކާއި ޛިކުރުތައް ހިމެނޭ ފޮތް ވަނީ ދީފައެވެ.

ނަމާދު ކޭމްޕްގައި، ދަރިވަރުންނަށް ވަނީ، ނަމާދުކުރުމުގެ މުހިއްމު ކަމާއި، އަދި ދީނީ އެހެން އަޅުކަންތަކާއި ބެހޭ މައުލޫމާތުވެސް ދީފައެވެ. ދަރިވަރުންނަށް މައުލޫމާތު ދެއްވާފައި ވަނީ އަލްއުސްތާޛު މުހައްމަދު ސަޢީދެވެ.

އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާއަކީ، މާލެ އާއި ހުޅުމާލޭގައި ކެމްޕަސްތައް ޤާއިމްކޮށް، ކުޑަކުދިންނަށާއި، ބޮޑެތި މީހުންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކުލާސްތައް ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ. 2 އަހަރުބައިން ފެށިގެން މަތީގެ ކުދިންނަށް ޤުރުއާން ކްލާސްތައް ހިންގާއިރު، އެ އިންސްޓިޓިއުޓްގައި، ތަޖުވީދުމަގުން ރީތިކޮށް ޤުރުޢާން ކިޔަވަން ދަސްކުރުމުގެ ކޯސްތައްވެސް ސެޓްފިކެޓް ލެވެލް 4 އާއި ހަމައަށް ހިންގައެވެ.
އިންސްޓިޓިއުޓް އޮފް ޤުރުއާން އެންޑް ސުންނާގެ ޤުރުއާން ކްލާސްތަކަށް ދަރިވަރުން ވެއްދުމަށާއި، އަދި ޤިރާއަތު ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް އެފުރުޞަތު ހުޅުވިފައި އޮންނާނެ ކަމުގައި އެ އިންސްޓިޓިއުޓްއިން ހާމަކުރައްވާފައި ވެއެވެ.
ޤުރުއާން ކްލާސްތަކާއި ޤިރާއަތު ކޯސްތަކުގައި ދަރިވަރުން ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން، 9972530 ނުވަތަ 9669363 އަށް ގުޅުއްވުމުން ކްލާސްތަކުގައި ރެޖިސްޓްރީ ކުރުމާއި ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް