ލުއި ޚަބަރު

ދުނިޔޭގެ އެންމެ އަގު ބޮޑު ފައިވާނުގެ އަގަކީ، 20 މިލިއަން ޑޮލަރު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދުނިޔޭގެ އެންމެ އަގު ބޮޑު ފައިވާނުގެ އަގަކީ، 20 މިލިއަން ޑޮލަރު

ދުނިޔޭގެ އެންމެ އަގޮބޮޑު ފައިވާން --

ފައިވާނެއްގެ އަގު ބޮޑު ކަމަށް ވަނީ ކިހާވަރަކަށް އަގުބޮޑުވީމާތޯ މިއީ ޖަވާބުދޭން އުނދަގޫ ސުވާލެކެވެ. އެހެން ނަމަވެސް ދުނިޔޭގައި މިހާރު އުފައްދާފައިވާ ބައެއް ފައިވާންތަކުގެ އަގުތައް އެނގިއްޖެނަމަ ހަމަ އަންތަރީސްވާ ވަރުވާނެއެވެ. މިލިސްޓްގައި ހިމެނެނީ، އެއް މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާއި ދެމެދުގެ އަގުހުރި 10 ފައިވާންތަކެވެ.

10 ވަނަ

ދުނިޔޭގެ އެންމެ އަގުބޮޑު ފައިވާންތަކުގެ 10 ވަނައިގައިވާ މިފައިވާނަކީ، ފައިވާން އުފެއްދުމުގައި މަޝްހޫރު ކުންފުނި، ސްޓްއާރޓް ވެޓްޒްމަންގެ އުފެއްދުމެކެވެ. މިފައިވާނުގެ އަގަކީ، 1.09 މިލިއަން ޑޮލަރު. މިހީލް ފުރިހަމަ ކުރުމަށް 464 ސާފު އަލިމަސް ބޭނުންކޮށްފައިވެއެވެ. މިފައިވާން އެންމެ ފުރަތަ ދައްކާލާފައި ވަނީ 2002 ވަނަ އަހަރުގެ އެކަޑަމި އެވޯޑުގައެވެ.

Uploaded image

09 ވަނަ

މިއީވެސް ސްޓްއާރޓް ވެޓްޒްމަންގެ އުފެއްދުމެކެވެ. މިއީ 1.6 މިލިއަން ރުފިޔާގެ އަގުހުރި އުފެއްދުމެކެވެ. މީގެ ވަދު ޒީނަތްތެރިކޮށްފައި ވަނީ މަރުޖާނުންނެވެ. މިގޮތުން 123 ކެރެޓްގެ 643 ޖަވާހިރު ބޭނުންކޮށްފައި ވެއެވެ. އަދި މިފައިވާނުގެ އެހެން ބައިތައް ހަދާފައި ވަނީ ދުނިޔެއިން ފެނުން ނާދިރު މައުދަނެއް ކަމުގައވާ ޕްލެޓިނަމްއިންނެވެ.

Uploaded image

08 ވަނަ

ލިސްޓްގެ 8 ވަނަގައި އޮތީ އެމެރިކާ ގޮޓް ޓެލެންޓް ޝޯވ 2014 ވަނަ އަހަރު ހުށައަޅައިދިން،ޓޮމް ފޯޑްގެ ބޫޓެވެ. އޭނާގެ މި ބޫޓުގެ އަގަކީ 2 މިލިއަން ޑޮލަރެވެ. 340 ކެރެޓްގެ 14000 އަލިމަސް މިބޫޓުގެ ބޭރުގައި ހަރުކޮށްފައިވެއެވެ. ޓޮމް ފޯޑަށް ޚާއްސަކޮށް އުފެއްދި މިބޫޓު ހެދި ޑިޒައިނަރަކީ، ޖެސަން އާރަޝެބެންއެވެ. މި ބޫޓު އުފެއްދުމުގެ މަސައްކަތުގައި 2000 މީހުން އަހަރެއްހާ ދުވަހު މަސައްކަތް ކުރިއެވެ.

Uploaded image

07 ވަނަ

ހަތް ވަނައިގައި މިއޮތީ އަނެއްކާވެސް ސްޓްއާރޓް ވެޓްޒްމަންގެ އުފެއްދުމެކެވެ. މިހީލް އަކީވެސް 2 މިލިއަންޑޮލަރުގެ އަގުހުރި ފައިވާނެކެވެ. މިފައިވާނުގެ ވަދުގައި ބޭނުންކޮށްފައި ވަނީވެސް ޓެންޒަނައިޓެވެ. މިއީ ނޫ އަދި ވައިލެޓް ކުލައެއް އަރާ ޖަވާހިރެކެވެ. މިފައިވާނުގައި 185 ކެރެޓުގެ ޓެންޒަނައިޓް އަދި 28 ކެރެޓްގެ އަލިމަސް ބޭނުންކޮށްފައި ވެއެވެ. މިފައިވާނަށް ޚާއްސަ ސަމާލުކަމެއް ލިބެނީ އޭގައި ހުންނަ ދަޅައިގެ ސަބަބުންނެވެ.

Uploaded image

06 ވަނަ

މިލިސްޓްގައި ދެން މިއޮތީވެސް ސްޓްއާރޓް ވެޓްޒްމަންގެ ސިންޑްރެއްލާ ސްލިޕާރއެވެ. މިއީވެސް 2 މިލިއަން ޑޮލަރުގެ އަގުހުރި ފައިވާނެކެވެ. އިޓާލިއަން ލެދަރ އިން ހަދާފައިވާ މިފައިވާނުގައިވެސް ހުރީ ޑައިމަންޑް އިން ޒީނަތްތެރިކޮށްފައެވެ. މަލުގެ ޑިޒައިނަށް ހުންނަ 565 ކުދި ކުދި އަލިމަސް މިފައިވާނުގައި ބޭނުންކޮށްފައި ވާއިރު، އެތަކެތީގެ އަގު އެކަނިވެސް އެއް މިލިޔަން ޑޮލަރަށް ވުރެ މައްޗެވެ. 2004 ވަނަ އަހަރުގެ އޮސްކާ އެވޯޑްގައި މިފައިވާނަށް އަރާފައިވަނީ އެލިސަން ކްރައުސްއެވެ.

Uploaded image

05 ވަނަ

ހޮލީވުޑްގެ ކުރީގެ ތަރި ރީޓާ ހެއިވަޓް ގެ ކަންފަތުލާ އެއްޗެއް ބޭނުންކޮށްގެން ހަދާފައިވާ މި ހީލް އަކީ، 3 މިލިއަން ޑޮލަރުގެ އަގު ހުރި ހީލްއެކެވެ. މި ހީލްވެސް ތައްޔާރުކުރީ ސްޓްއަރޓް ވެޓްޒްމަން އިންނެވެ. މިހީލްގައި ބޭނުންކޮށްފައިވާ ކަންފަތުލާ އެއްޗަކީ، އަލިމަހާއި މަރުޖާނު އަދި ޔާގޫތުން ހަދާފައިވާ އެއްޗެކެވެ. މި ހީލްގެ ވެރިއަކީ، ހެއިވަޓްގެ އަންހެން ދަރިފުޅު، ޕްރިންސެސް ޔާސްމިން އަގާ ޚާންއެވެ. 

Uploaded image

04 ވަނަ

މިލިސްޓްގެ ހަތަރުވަނައިގައި އޮތް ބޫޓަކީ، މަރުޖާނާއި ފޮފަޅި އަދި އަލިމަހުން ތައްޔާރުކޮށްފައިވާ 3 މިލިއަން ޑޮލަރުގެ އަގުހުރި ފައިވާނެކެވެ. މިއީ އަތްކަންކުރާ މީހެއްކަމަށްވާ ހެރީ ވިންސްޓަންގެ ފިރިހެން ދަރިފުޅު ބޭނުންވެގެން ހޮލީވުޑްގެ 50 ވަނަ އަހަރީ ދުވަހުގެ ހަނދާނީ އެއްޗެއްގެ ގޮތުގައި ހެއްދުވި ބޫޓެކެވެ. މިބޫޓު ބޭނުން ކުރީ ޑްރޯތީއެވެ. މި ބޫޓު ޒީނަތްތެރި ކުރުމަށް 4600 މަރުޖާނު ބޭނުންކޮށްފައި ވެއެވެ. އަދި 50 ކެރެޓްގެ އަލިމަސް ބޭނުންކޮށްފައި ވެއެވެ.

Uploaded image

03 ވަނަ

ފައިވާނެއްގެ އަގު ބޮޑުވަނީ ކިހާވަރަކަށް އަގު ބޮޑުވީމާ ހެއްޔެވެ؟ އެއްހާސް ދިހަ ހާސް، ސަތޭކަހާސް ނުވަތަ މިލިއަނަކަށް އެރީމާތޯއެވެ؟ މިލިސްޓުގެ ތިންވަނައިގައިވާ ފައިވާނުގެ އަގަކީ 15.1 މިލިއަން ޑޮލަރެވެ. އެ ފައިވާނުގައި ބޭނުންކޮށްފައި ވަނީ ދުނިޔޭގައި ވަރަށް މަދު ޖަވާހިރެއްކަމުގައިވާ ނޫ އަދި ފިޔާތޮށި އަލިމަހެވެ. ފައިވާނުގެ މައިގަނޑު ހަދާފައި ވަނީ ޕްލެޓިނަމް އަދި ޚާލިސް ރަން ބޭނުންކޮށްގެންނެވެ. މިފައިވާނުގެ ލެދަރ ބައިތައް ގިރިޓީކޮށްފައި ވަނީ 24 ކެރެޓް ރަނެވެ. އަދި 18 ކެރެޓް ރަނުގެ ރޮދި ބޭނުންކޮށްފައި ވެއެވެ. މިއަގު ބޮޑު ފައިވާނަކީ އުފަންދުވަހުގެ ހަދިޔާއެކެވެ.

Uploaded image

02 ވަނަ

ދުނިޔޭގެ އެންމެ އަގުބޮޑު ފައިވާން ތައްޔާރުކުރުމަށް ޖާޑާ ޑުބާއި އަދި ޕެޝަން ޖުވެލާރސް ގުޅިގެން ކުރި މަސައްކަތުގައި އަލިމަހުން ތައްޔާރު ކުރި މި ހީލް އަކީ އެންމެ އަގުބޮޑުފައިވާންތަކުގެ ދެވަނައިގައިވާ ފައިވާނެކެވެ. އަލިމަހުން ޒީނަތްތެރިކޮށްފައިވާ މި ހީލް ގެ އަގަކީ 17 މިލިޔަން ޑޮލަރެވެ. މިފައިވާނުގައި 238 އަލިމަށް ހަރުކޮށްފައި ވެއެވެ.

Uploaded image

01 ވަނަ

ދުނިޔޭގެ އެންމެ އަގު ބޮޑު ފައިވާނަކީ 20 މިލިއަން ޑޮލަރުގެ އަގުހުރި ފައިވާނެކެވެ. މޫން ސްޓަރ ޝޫޒް ގެ ނަންދީފައިވާ މި ފައިވާން ތައްޔާރު ކުރީ އިޓަލީގެ ޑިޒައިނަރެއް ކަމުގައިވާ އެންޓޯނިއޯ ވިއެޓްރީއެވެ. އޭނާ އަކީ އެންމެ ފުރަތަމަ ދުނިޔޭގައި 24 ކެރެޓްގެ ރަން ފައިވާނެއް ހެދި ފުރަތަމަ މީހާއެވެ. މިފައިވާނުގެ ފުންނާބުގެ ބައި ހަދާފައި ވަނީ ގަނޑުރަނުންނެވެ. އަދި މީގައި ބޭނުންކޮށްފައިވާ ރަނާއި އަލި މަހުގެ އިތުރުން 1576 ވަނަ އަހަރު ދުނިޔެއަށް ވެއްޓުނު ގިނިހިލައެއްގައި ހުރި މިނަރަލްސްއެވެ. އެހެންކަމުން މިއީ ދުނިޔޭއިން ބޭރުން އައިސްފައިވާ މައުދަންތައްވެސް ހިމަނާފައިވާ ފައިވާނެކެވެ.

Uploaded image
share

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

0/1000 އަކުރު

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ. އަދަބުވެރި ގޮތުގައި ބަހުސް ކުރައްވާ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް