Post banner
ރަށްރަށުން

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗު އޭދަފުށި ޓީމު ކާމިޔާބުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗު އޭދަފުށި ޓީމު ކާމިޔާބުކޮށްފި

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕް 2026 __

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕް ބ އަތޮޅު ބުުރުގެ ގުރޫޕް އޭގެ ފުރަތަމަ މެޗުގައި ފަހަތުން އަރާ ގޮއިދޫ ބަލިކޮށް 4 - 1 ގެ ނަތީޖާ އަކުން އޭދަފުށީ ޓީމުން ކާމިޔާބުކޮށްފިއެވެ.

ގޮއިދޫ ޓީމުން ފުރަތަމަ ހާފްގެ 8 ވަނަ މިނެޓްގައި ގޯލެއް ޖަހާ ލީޑް ނަގާފައިވަނިކޮށް 19 ވަނަ މިނެޓްގައި އޭދަފުށީ ޖަރޒީ ނަމްބަރ 5 މުއާޒް އަލީ ޖެހި ގޯލާއި އެކު ނަތީޖާ ހަމަހަމަވިއެވެ.

ދެވަނަ ހާފްގައި މެޗުގެ 22 ވަނަ މިނެޓްގައި އޭދަފުށީގެ ޖަރޒީ ނަމްބަރ އަހްމަދު ޝުހެއިލް ގެ ގޯލާއި އެކު އޭދަފުށީ ޓީމަށް މެޗުގެ ލީޑު ލިބުނެވެ.

މެޗުގެ 27 ވަނަ މިނެޓްގައި އޭދަފުށީ ޓީމަށް ލީޑް ފުޅާކޮށްދިނީ ޖަރޒީ ނަމްބަރ 12 މުޙައްމަދު ފާސިރު (ފާއްޓެ) އެވެ.

މީގެ އިތުރުން 34 ވަނަ މިނެޓްގައި އޭދަފުށީގެ ފަހު ގޯލް ކާމިޔާބު ކޮއްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކީ ޖަރޒީ ނަމްބަރ 23 އިޝާން އިބްރާހިމް (ސައްޓު)އެވެ.

އޭދަފުށީ ދަނޑުގައި މިރޭ ގުރޫޕް ބީގެ ފުރަތަމަ މެޗް ކުޅޭނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ތުޅާދޫ އަދި ފެހެންދޫއެވެ.

ޚަބަރު ލިޔުނީ: ހަސަން ސާތިޢު - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް