ޝަކުވާ ބޮޑުވުމުން ޑަސްބިންތައް ބަހައްޓައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފްލެޓްތަކުގެ ތިރީގައި އެފްޑީސީން ކުނިއެޅުމަށް ޚާއްޞަ ޑަސްބިންތައް ބަހައްޓާފައި --- ފޮޓޯ: އެފްޑީސީ
އެންމެ ފަހުން މީހުން ދިރިއުޅެން ފެށި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ 4000 ފްލެޓްގެ ޓަވަރުތަކުގައި ކުނީގެ މައްސަލަ ބޮޑުވެ އާއްމުންގެ ޝަކުވާތައް ބޮޑުވުމުން އެންމެފަހުން އެފްޑީސީން ފްލެޓްތަކުގައި ކުނިއެޅުމަށް ބޮޑެތި ޑަސްބިންތައް ބަހައްޓައިފިއެވެ.
އެފްޑީސީން މިރޭ ބުނީ، އެފްޑީސީގެ 32 ޓަވަރުގައި، އާއްމު ގޭބިސީތަކުގެ ކުނު އުކާލުމަށް ބޭނުންކުރާނެ ޑަސްބިންތަކެއް މިހާރު ބަހައްޓާފައި ވާނެ ކަމަށެވެ. އަދި އެޑަސްބިންތަކަކީ، ހަމައެކަނި އާއްމު ގޭބިސީ ކުނި އެޅުމަށް ޚާއްޞަކުރެވިފައިވާ ޑަސްބިންތަކަކަށް ވާތީ، ފުޅިމަދާއި ކާޑުބޯޑު ފޮށީގެ އިތުރުން އާއްމު ގޭބިސީގެ ކުނީގެ ގޮތުގައި ނުހިމެނޭ އެއްވެސް ބާވަތެއްގެ ކުނި އެޑަސްބިނަށް އެޅުން މަނާވާނެ ކަމަށެވެ.
އެހެންކަމުން، އިމާރާތާއި، ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި، ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވާކަމުގައިވެސް އެފްޑީސީން ވަނީ ބުނެފައެވެ.
އަަލަށް ފްލެޓްތަކަށް ބަދަލުވާ މީހުން، ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި، އެހެނިހެން ސާމާނުގެ ޕެކިންތައް އުކާލުމުގައި ދަތިތައް ކުރިމަތިވާކަމުގައި ބުނެ އާއްމުންވެސް ވަނީ އެކަމުގެ ޝަކުވާކޮށްފައެވެ. އަދި އެފަދަ ގިނަ އަދަދެއްގެ ކުނި ފްލެޓްތަކުގެ ތިރިއަށް ޖަމާކުރާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް