ބެންކޮކުގައި ހުރި ރާބޯތަނެއްގައި އަލިފާން ރޯވެ 27 މީހުން މަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް ---
ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި އާއްމުންނަށް ރާއްވިއްކާ ބާއެއްގައި އަލިފާން ރޯވުމުގެ ސަބަބުން މަދުވެގެން 27 މީހުން މަރުވެއްޖެއެވެ.
ބެންކޮކުގައި ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންވެސް ދިރިއުޅޭ އިރު، މަރުވި މީހުންގެ ވަނަވަރެއް އަދި އެމީހުން ނިސްބަތްވާ ޤައުމުތަކެއް ތައިލެންޑްގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
ތައިލެންޑްގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އަލިފާނުގެ މިހާދިސާގައި އިތުރު 63 މީހަކު ޒަޚަމްވެފައި ވެއެވެ. އަދި އެމީހުންގެ ހާލުވެސް ސީރިއަސް ކަމުގައި ބުނެފައި ވެއެވެ.
އަލިފާނުގެ މިހާދިސާ ހިނގާފައި ވަނީ، ރޭގެ މެންދަމުގެ ވަގުތުގައެވެ. އެ ބާރ ގައި އަލިފާން ރޯވި ވަގުތު ވަރަށް ގިނަ މީހުން އެތެރޭގައި ތިއްބެވެ. އަލިފާން ރޯވި އެތަނުގައި ބޭރަށް ނުކުމެވެން ހުރީ އެންމެ ދޮރެއް ކަމަށްވާއިރު ވީޑިއޯތަކުން ފެންނަ ގޮތުގައި ގަދަޔަށް ރޯވެފައިވާ އަލިފާންގަނޑުވެސް ހުރީ ދޮރުން ބޭރަށް ނުކުމެފައެވެ.
އަލިފާނުގެ މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އެތަން ހަދާފައިވަނީ، ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ތައިލެންޑްގެ ކަމާއި ބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް