ރާއްޖެ

ތެޔޮނުލިބި މަސްދޯނި ފަހަރު ހުއްޓިފައިވާ ވާހަކަ މިނިސްޓަރު ދޮގުކުރައްވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތެޔޮނުލިބި މަސްދޯނި ފަހަރު ހުއްޓިފައިވާ ވާހަކަ މިނިސްޓަރު ދޮގުކުރައްވައިފި

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް

ތެޔޮނުލިބުމުގެ ސަބަބުން ރާއްޖޭގެ ބައެއް މަސްދޯނިފަހަރަށް ނުފުރި މަސްވެރިކަން ހުއްޓުމަކަށް އައިސްފައިވާ ކަމަށް މީޑިއާގައި ފަތުރާ ޚަބަރަކީ ދޮގު ޚަބަރެއް ކަމުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް، ދައުރުނޫހުން ގެނެސްދިން ޚަބަރެއްގައި ހުރި ވާހަކަތައް ދޮގު ކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވީ، މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން ޔަޤީންކުރާ އެއްކަމަކީ ދިވެހިމަސްވެރިން މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އެހާމައްޗަށް އަރައިގެންދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް މިގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުން ކަމުގައިވެސް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މުޅިރާއްޖެއަށްވެސް އެންވެެިކަން ރަނގަޅުވާންފެށުމާއި އެކު މަސްވެެރިކަންވެސް އަންނަނީ ރަނގަޅުވަމުން ކަމަށެވެ. އެހެންކަމުން މަސްވެެރިކަން ރަނގަޅު ސަރަހައްދުތަކަށް ބޯޓުތައް ފޮނުވުނުވުމުގެ މަސައްކަތްތައްވެސް ކުރެވޭނެ ކަމުގައި މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ، ސަރުކާރުން ދަނީ މަސްވެެރިންގެ ކަންކަން މިހާލަތުގައި ވެސް ގާތުންބަލާ މަސްވެެރިންނަށް އެންމެރަނގަޅު ގޮތްތަކަށް މަސައްކަތް ކޮށްދެމުން ކަމަށެވެ. އަދި މަސްވެެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދުނުމަށްވެސް މަސްވެެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަޝްވަރާއާއެކު ވަރަށްގިނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރަމުން ކަމުގައިވެސް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ ޝިޔާމް މިގޮތަށް ވިދާޅުވި ނަމަވެސް، ސަރުކާރުން ކަނޑައަޅާފައިވާ ސަބްސިޑީ ރޭޓުތަކުގައި އަތޮޅުތަކުން ތެޔޮގަންނަން ނުލިބުމާއި، ކޫއްޑޫއިން ލިމިޓްކޮށް މަސްއޮޑި ފަހަރަށް ތެޔޮ ވިއްކާތީ އެކަމުގެ ކަންބޮޑުވުން މަސްވެރިން ފާހަގަކޮށްފައިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ސަބްސިޑީ ރޭޓުގައި ތެޔޮ ވިއްކަމުން އަންނަނީ، މިފްކޯގެ ފެސިލިޓީތަކުގެ އިތުރުން ހުޅުމާލެ ޖެޓީއިންނާއި ހިއްމަފުށިންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް