އުފަންވެލީގެ އައު ފިހާރައެއް ހުޅުމާލެ ފޭސް 1ގައި ހުޅުވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަދު ހުޅުވި އުފަންވެލި ފިހާރަ -- ފޮޓޯ: ރައްޔިތުންގެ ނޫސް
އުފަންވެލީގެ އައު ރީޓެއިލް ފިހާރައެއް ހުޅުމާލޭގައި މިއަދު ހުޅުވައިފިއެވެ.
މަޑިހާ ކުންފުނީގެ ދަށުން ހިންގާ އުފަންވެލީގެ މިފިހާރަ މިއަދު ހުޅުވާފައި ވަނީ، ހުޅުމާލެ ފޭސް 1ގެ ބޮކަރުމާ ހިނގުމުގައެވެ. އެއީ ރެހެންދި ސްކޫލުގެ ދެކުނުން އޮންނަ ގޯޅިއެވެ.
މި ފިހާރައަކީ، ހުޅުމާލެ ފޭސް 1ގައި ހުޅުވި 3 ވަނަ ފިހާރައެވެ. މިއަދު ހުޅުވި މިފިހާރަ ހުންނާނީ، ފޭސް 1ގެ ޗަނބޭލީ މަގުގައި ހުރި އުފަންވެލި ފިހާރަ އާއިވެސް ކައިރީގައެވެ. މިއަދު ހުޅުވި ފިހާރައަކީ، ޗަނބޭލީ މަގުގައި ހުރި ފިހާރައަށްވުރެ ޖާގަ ތަނަވަސް ފިހާރައެކެވެ.

މިއަދު ހުޅުވި މިފިހާރައަކީ، ރީޓެއިލް ވިޔަފާރިއަށް ޚާއްޞަ ފިހާރައެކެވެ. މިފިހާރައިން ވިއްކަނީ، މޭވާ އާއި ތަރުކާރީ އާއި ބިސް އަދި އެއްގަމު މަހުގެ ބާވަތްތަކެވެ.
އުފަންވެލި ފިހާރަތައް ހިންގާ މަޑިހާ ކުންފުނީގެ އިސްބޭފުޅަކު ވިދާޅުވީ، ޗަނބޭލީ މަގުގައި މިހާރު ހިންގަމުން އަންނަ ފިހާރަ ދެން ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ ހޯލްސޭލް ވިޔަފާރިއަށް ޚާއްސަ ފިހާރައަކަށް ކަމަށެވެ.
އުފަންވެލި ރީޓެއިލް ފިހާރައިން މޭވާ އާއި ތަރުކާރީ އަދި އެއްގަމު މަހާއި ބިސް ހުޅުމާލޭގެ އެހެން ފިހާރަތަކަށްވުރެ އަގުހެޔޮކޮށް ގަންނަން ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް