Post banner
ރާއްޖެ

ދިވެހި ހުރިހާ ހައްޖާޖީން މިހާރު ތިބީ މިނާގައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިވެހި ހުރިހާ ހައްޖާޖީން މިހާރު ތިބީ މިނާގައި

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން މިނާގައި --

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ އެންމެންވެސް މިހާރު ތިބީ މިނާގައި ކަމުގައި ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހުރިހާ އެންމެންވެސް މިއަދު މެންދުރު މިނާއަށް ގޮސްފައިވާ ކަމަށެވެ. އަދި މިރޭ ރާއްޖޭގެ ގަޑިން 11 ޖަހާއިރު، ސަޢޫދީ ޢަރަބިއްޔާގެ ގަޑިން، 9 ޖަހާއިރު، ހައްޖުވެރީން ޢަރަފާތަށް ދަތުރުފަށާނެ ކަމުގައި ހައްޖު ކޯޕަރޭޝަނުން ހާމަކުރައްވާފައި ވެއެވެ.

ހައްޖުގެ އެންމެ މުހިއްމު ރުކުނަކީ، ޢަރަފާތުގައި ހުރުމެވެ. ޢަރަފާތުގައި ނުހުރެވިއްޖެ މީހަކަށް ހައްޖެއް ނުލިބޭނެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢަރަފާތުގައި ހުރުމުގެ ވަގުތަކީ، ހައްޖު ދުވަހުގެ އިރުމެދުންފިލީއްސުރެ އިރު އޮއްސިއްޖައުމާއި ދެމެދެވެ. އެދެމެދުގެ ވަގުތެއްގައި ކިތަންމެ ކުޑަ ހިނދުކޮޅެއްގައި ޢަރަފާތުގައި މަޑުކުރިނަމަވެސް އެމީހަކަށް ހައްޖު ލިބޭނެއެވެ.

ހައްޖުގެ އެންމެ މުހިއްމު އަޅުކަމަކީ، ޢަރަފާތުގައި ހުރުން ކަމުގައި ވާއިރު، މާދަމާ މެންދުރު ނަމާދަށް ފަހުގައި ހައްޖު ޚުޠުބާ އިއްވާނެއެވެ. ހައްޖު ޚުޠުބާ އިއްވާނީ، ޢަރަފާތުބިމުގައި ހުންނަ، މަސްޖިދު ނަމީރާގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް