Post banner
ރަށްރަށުން

ހަނިމާދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ އެންމެ މޮޅު ދަރިވަރުންނަށް މާކިން އަދި އަންޖަލް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނިމާދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ އެންމެ މޮޅު ދަރިވަރުންނަށް މާކިން އަދި އަންޖަލް

ހަނިމާދޫ ކައުންސިލްގެ ޖަވާހިރުލް ޤްރުއާން މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

ބައިމިލިޔަނެއްހައި ރުފިޔާ ޚަރަދުކޮށްގެން ހަނިމާދޫ ކައުންސިލުން ބޭއްވި ޖަވާހިރުލްޤުރުއާން މުބާރާތުގައި ދަރިވަރުންގެ ކިޔެވުން ކުރިޔަށް ދިޔައީ، 20 އޮގަސްޓު 22 އޮގަސްޓުގެ ނިޔަލަށެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަނިމާދޫ ކައުންސިލް މެމްބަރުންނެވެ.

ހަނިމާދޫ ކައުންސިލުން ކުރިއަށް ގެންދިޔަ ޖަވާހިރުލް ޤްރުއާން މުބާރާތުން، ބަލައިގެން ކިޔެވުމުގެ ގޮފިން އާމިނަތު އަންޖަލް ޙުސައިން 1 ވަނަ ހާސިލު ކުރި އިރު، ނުބަލާ ކިޔެވުމުގެ ގޮފިން، މާކިން ބިން މުޙައްމަދު އަޝްރަފް ވަނީ 1 ވަނަ ހާސިލު ކޮށްފައެވެ.

Uploaded image

މިމުބާރާތުގައި ވަނީ، ނުބަލައި ކިޔެވުމުގެ ގޮފިިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން، އެކި އުމުރު ފުރާތަކުން ވަނަވަނައަށް އައި ދަރިވަރުންނަށްވެސް ފައިސާގެ އިނާމް ދީފައެވެ. މިގޮތުން 8 އުމުރުފުރާއަކުން މި މުބާރާތުގައި ދަރިވަރުން ބައިވެރިވެފައި ވެއެވެ.

ޖަވާހިރުލް ޤްރުއާން މުބާރާތަކީ، ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ.

ހަބަރު ލިޔުނީ: މުހައްމަދު މުއާޒް – ރަށު ރިޕޯޓަރު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް