Post banner
ރާއްޖެ

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގައި ރާއްޖޭން ސަޢޫދީގެ ކޮޅަށް ތާޢީދުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގައި ރާއްޖޭން ސަޢޫދީގެ ކޮޅަށް ތާޢީދުކޮށްފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ---

މެދުއިރުމަތީގައި ދިގު ދެމިގެން ގޮސްފައިވާ ހަމަނުޖެހުންތަކުގައި، ޔަމަނުގެ ހޫތީން ސަޢޫދީ އަރަބިއްޔާއަށް ކުރާ ތުހުމަތުތައް ދޮގުކޮށް، ސަޢޫދީގެ ދިފާއުގައި ދިވެހިރާއްޖެއިން ބަޔާނެއް ނެރެފިއެވެ.

ރާއްޖޭގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ސަޢޫދީ އަރަބިއްޔާއިން، ޔަމަނުގެ އާއްމުން ޙިޞާރުކޮށް އެޤައުމުގައި ހަމަނުޖެހުންތައް އުފެއްދުމަށް މަސައްކަތްކުރާކަމަށް ކޮށްފައިވާ ތުހުމަތުތައް ކުއްވެރިކުރާ ކަމަށެވެ. އަދި ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ފުރިހަމައަށް ތާއީދު ކުރާ ކަމުގައިވެސް ރާއްޖޭގެ ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.

ޢަރަބި ބަހާރުގެ ތެރޭގައި، ޔަމަނުގެ ވެރިކަމާއި ދެކޮޅަށް އާއްމުން ތެދުވިއިރު، ސަރުކާރާއި ދެކޮޅަށް ނުކުތް ހޫތީން ވަނީ، 2014 ވަނަ އަހަރު ޔަމަނުގެ ވެރިރަށް ސަންޢާ ހިމެނޭ ގޮތުން ޔަމަނުގެ ދެކުނުގެ ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދާފައެވެ.

ޔަމަނުން ހޫތީންގެ ބާރުވެރިކަން ނައްތާލުމަށްޓަކައި، 2014 ވަނަ އަހަރު ސަޢޫދީއަރަބިއްޔާއިން އިސްވެ އޮވެ އުފެއްދި ހަނގުރާމައިގެ ކޯލިޝަންގައިވެސް ދިވެހި ރާއްޖެއިން ބައިވެރިވިއެވެ. ހޫތީންނާއި ދެކޮޅަށް ހަނގުރާމަކުރުމަށް ސަޢޫދީން އުފެއްދި ކޯލިޝަނުން، 2014 ވަނަ އަހަރު، ޔަމަނަށް ހަމަލާދީ، ޔަމަނުގެ އެންމެ ބޮޑު ހުދައިދާ ބަނދަރު ހަލާކުކޮށްލައި، ހޫތީންގެ ކޮންޓްރޯލްގެ ދަށުގައި ހުރި މުހިއްމު އިންފްރާސްޓްރަކްޗަރތައް ހަލާކުކޮށްލިއެވެ. އަދި ފާއިތުވި 12 އަހަރު ޔަމަނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ހޫތީން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި ބަނޑުހަހޫނުކަން ފެތުރި އެތައްހާސް ބަޔަކު ވަނީ މަރުވެފައެވެ.

އަދި މިހާރު އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ސަޢުދީއަރަބިއްޔާއިން ފާޅުފައި ވާގިވެރިވަމުން ގެންދިޔައިރު، އެމެރިކާގެ ހަމަލާތަކުގައި އަވަހާރަކޮށްލި، އީރާނުގެ ރޫހީ ލީޑަރު އާޔަތުއްﷲ ޢަލީ ޙާމަނާއިގެ ޖަނާޒާގައި ބައިވެރިވި ހޫތީންގެ ވަފުދު ދަތުރުކުރި މަތިންދާ ބޯޓު ސަންޢާ އެއާޕޯޓަށް ޖެއްސިޔަ ނުދިނުމަށްޓަކައި، ސަޢޫދީ އެއާޕޯޓަށް މިސައިލް ހަމަލާތަކެއް ވަނީ ދީފައެވެ. އަދި އޭގެ ބަދަލު ހިފުމުގެ ގޮތުން ހޫތީންވެސް ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ސަރަހައްދުތަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް