ރާއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ފުލުހުންގެ އިދާރާ --- ފޮޓޯ: ރައްޔިތުންގެ ނޫސް

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވެފައި އޮތް މީހަކު ފެނިފައި ވަނީ، މާފަންނު، ދަކަންދާމަގު ގައި ހުންނަ ގެއެއްގެ ތެރެއިން ކަމަށެވެ. އަދި މަރުވެފައި އޮއްވައި ފެނުނު މީހަކީ، ސ.ހުޅުދޫ، ތޯތާޕަރީ/ މުޙައްމަދު ނިޒާރު( 54އ) އަހަރު ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށްވެސް އަދި ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ އެހެން ކަމެއްވެސް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާކަމަށެވެ.

އެހެން ނަމަވެސް މަރުގެ މިމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް