Post banner
ރާއްޖެ

އައު އަހަރު ފާހަގަކުރުމުގެ ހަރަކާތްތައް މިއަދު ހުޅުމާލޭގައި ފަށަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އައު އަހަރު ފާހަގަކުރުމުގެ ހަރަކާތްތައް މިއަދު ހުޅުމާލޭގައި ފަށަނީ

2024 ވަނަ އަހަރު އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ ނޫސް

މީލާދީ އައު އަހަރު ފެށުމުގެ ހަރަކާތްތައް މިއަދުން ފެށިގެން ތިން ދުވަހަށް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ.

ވިޒިޓް މޯލްޑިވްސް އިން ހާމަކޮށްފައިވާ ގޮތުގައި، "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ނަމުގައި ކުރިޔަށް ގެންދާ ހަރަކާތްތައް މިއަދު ފަށާނީ ކުޑަ ކުދިންގެ ހަވީރަކުންނެވެ. މި ކުޑަކުދިންގެ ހަވީރު އޮންނާނީ ހަވީރު 4 އިން 6އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

އަދި ސެންޓްރަލް ޕާކުގައި މިރޭ މިޔުޒިކް ޝޯވއެއްވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އައު އަހަރު ފާހަގަކުރުމުގެ ގޮތުން ބާއްވާ ޝޯވ ގެ ތެރެއިން ޑްރޯން ޝޯވ އަކާއި، ހަވާއެރުވުންވެސް ކުރިޔަށް ގެންދާނެކަމުގައި، ވިޒިޓް މޯލްޑިވްސްއިން ވަނީ ހާމަކުރައްވާފައެވެ.

މިދިޔަ އަހަރުވެސް އައު އަހަރު ފާހަގަކުރުމުގެ ހަރަކާތްތައް ވަރަށް ކުލަގަދަކޮށް ވިޒިޓްމޯލްޑިވްސްއިން ވަނީ ބާއްވާފައެވެ. މިދިޔަ އަހަރިގެ ހަރަކާތްތައްވެސް ކުރިޔަށް ގެންދިޔައީ ހުޅުމާލޭފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް