classified
ރާއްޖެ

އެއާޕޯޓުގެ މައްސަލައިގައި މާވަށު ރައްޔިތުން އިޙްތިޖާޖުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެއާޕޯޓުގެ މައްސަލައިގައި މާވަށު ރައްޔިތުން އިޙްތިޖާޖުކޮށްފި

މާވަށުގެ ރައްޔިތުން އިއްޔެ ކުރި އިޙްތިޖާޖުގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ ނޫސް

ލ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓު ލ. އިސްދޫކަލައިދޫގައި އަޅަން ނިންމާފައިވާކަން ސަރުކާރުން އިޢުލާނުކުރުމާއި ގުޅިގެން ލ. މާވަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އިއްޔެ އިޙްތިޖާޖުކޮށްފިއެވެ.

އިއްޔެ މާވަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު، އެރަށުގެ ބަނދަރު ސަރަހައްދަށް އެއްވެ އިޙްތިޖާޖު ކުރީ، ލ. މާވަށުގައި އެއާޕޯޓެއް އަޅާނެކަމަށް މިސަރުކާރުންނާއި ސަރުކާރުގެ އިސްފަރާތްތަކުން ރައްޔިތުންގެ ގާތުގައި ބުނެފައި ވަނިކޮށް، ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އަޅާ ރަށަކީ އިސްދޫކަލައިދޫ ކަމުގައި ސަރުކާރުން އިޢުލާނުކުރުމުން އެކަމާއި މެދު ހިތްހަމަ ނުޖެހިގެންނެވެ.

މާވަށުގެ ރައްޔިތުން ބޭނުންވަނީ، ލ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓު އެރަށުގައި އެޅުމަށެވެ. މާވަށަކީ، ލ އަތޮޅުގެ ހުޅަނގުބިތުގައި އެކަހެރިކޮށް އޮންނަ ރަށަކަށް ވާއިރު، އެރަށުން ކައްދޫއެއާޕޯޓަށް ދަތުރުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެއެވެ. އަދި އިސްދޫ ކަލައިދޫއަކީ، ލ އަތޮޅުގެ ރަށްތަކުގެ ތެރެއިންވެސް މާވަށާއި އެންމެ ދުރު ރަށެވެ. މީގެ އިތުރުން ސަރުކާރުގެ ސިޔާސަތަކީ، ކޮންމެ ރަށަކުންވެސް 30 މިނިޓުން ދެވޭ ހިސާބުގައި އެއާޕޯޓު އެޅުން ކަމަށް ވާއިރު، މާވަށުން ފުރައިގެން 30 މިނިޓުން ދެވޭހައި ކައިރީގައި އެއާޕޯޓެއް ނެތެވެ.

މާވަށުގެ ރައްޔިތުންކުރި އިހްތިޖާޖާއި ގުޅިގެން އެކަމަށް މިހާތަނަށް ސަރުކާރުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް