އިންނަމާދޫ ކައުންސިލުން އެރަށު ޞިއްޙީ މަރުކަޒަށް 4 އޭސީ ޔުނިޓް ހަދިޔާކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންނަމާދޫ ކައުންސިލުން އެރަށު ސިއްޙީމަރުކަޒަށް އޭސީ ޔުނިޓް ހަދިޔާކުރުން --- ފޮޓޯ: އިންނަމާދޫ ކައުންސިލް
ރ. އިންނަމާދޫ ކައުންސިލުން އެރަށުގެ ޞިއްޙީ މަރުކަޒަށް 4 އޭސީ ޔުނިޓް ހަދިޔާކޮށްފިއެވެ.
މި އޭސީ ޔުނިޓްތައް ޞިއްޙީމަރުކަޒާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު އެ ސިއްޙީ މަރުކަޒުގައެވެ. މިރަސްމިއްޔާތުގައި، ކައުސިލް މެމްބަރުންނާއި ޞިއްޙީމަރުކަޒުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކައުންސިލްގެ ފަރާތުން، މިއޭސީ ޔުނިޓްތައް ޞިއްޙީމަރުކަޒާއި ހަވާލުކޮށްދެއްވީ، ކައުންސިލްގެ ރައީސް އިބްރާހީމް ޙަލީމެވެ. ޞިއްޙީ މަރުކަޒުގެ ފަރާތުން މި އޭސީ ޔުނިޓްތަކާއި ހަވާލުވެވަޑައިގެންނެވީ، އެ ސިއްޙީމަރުކަޒުގެ ޕޮލިޓިކަލް ޑައިރެކްޓަރ އައިޝަތު އަރޫޝާއެވެ.
މިބައްދަލުވުމުގައި، ރަށުކައުންސިލްގެ ރައީސް އިބްރާހީމް ޙަލީމް ވިދާޅުވީ، ރަށުގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށާއި، އަދި ހުރިދަތިތަކަށް ހައްލު ހޯދުމަށް ކައުންސިލުން ދެވެންހުރި އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ޞިއްޙީ މަރުކަޒަށް އިތުރުކުރާ ބައިގެ މަަސައްކަތް އަވަސް ކުރުމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޞިއްޙީމަރުކަޒުގެ ފަރާތުން ވަނީ ކައުންސިލުން ވެދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ ކުރިންވެސް އިންނަމާދޫ ކައުންސިލުން ވަނީ ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީވެދީފައެވެ. އޭގެ ތެރޭގައި ޞިއްޙީމަރުކަޒުގެ ލެބޯޓްރީ ޚިދުމަތް ޤާއިމްކުރުމަށް ކުރެވުނު މަސައްކަތް ފާހަގަކޮށްލެވެއެވެ.
ޚަބަރު ލިޔުނީ: ޙަސަން ސާތިއު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް