ރޭގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން 25 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާން ރޯވި ގުދަަނުގެ އެތެރޭގެ ހާލަތު އޮތް ގޮތް --- ފޮޓޯ: އެންޑީއެމްއޭ
ރޭ ފަތިހު ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެހީތެރިކަމަށް އެދުނު މީހުންނަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
އެންޑީއެމްއޭއިން ހާމަކުރައްވާފައިވާ ގޮތުގައި ރޭގެ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އަލިފާންރޯވުމުގެ ސަބަބުން ގެއްލުން ލިބުނު އިމާރާތުގެ 3 އެޕާޓްމެންޓެއްގައި ދިރިއުޅޭ 25 މީހަަކަށް ވަނީ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ. އެހާދިސާގައި ގެއްލުން ވެފައި ވަނީ ހުޅުމާލެ ޗަނބޭލީ ގޯޅީގައި ހުރި ލޮޓްނަމްބަރު 11154އަށެވެ. އެ ގޭގެ ކަރަންޓް ޕެނަލްބޯޑު ހަލާކުވެ 6 ބުރިއަށް ހުރި އެއިމާރާތުން ވަނީ ކަރަންޓް ކެނޑިފައެވެ.
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި އެ އިމާރާތުގެ ތިރީގައި ހަދާފައިވާ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުނީ ރޭގެ ފަތިހު 3:30 ހާއިރުގައެވެ. އެންމެ ފުރަތަމަ އަލިފާން ރޯވީ އެގުދަނުގެ ކުރިމަތީގައި އެއްކޮށްފައި ހުރި ކުނިތަކެއްގައި ކަމަށާއި އަލިފާންގަނޑު ގުދަނުގެ ތެރެއަށް ފެތުރުނީ މަގުމަތީގައި ރޯވި އަލިފާންގަނޑުގެ ހޫނުގެ އަސަރުކޮށް ގުދަނުގެ ބިއްލޫރިތައް ތަޅައިގެން ދިޔުމުން ކަމުގައިވެސް އެމްއެންޑީއެފުން ހާމަކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް