ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާތާ ދޮޅު އަހަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި --- ފޮޓޯ: ވެމްކޯ
ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ އެކުންފުނިން ޕެންޝަން ފަންޑަށް ޖަމާނުކުރާތާ، ދޮޅުއަހަރުވެއްޖެއެވެ.
ރައްޔިތުންގެ ނޫހުން ކުރި ސުވާލަށް، ވެމްކޯއިން ލިޔުމުން ދިން ޖަވާބުގައި ބުނެފައި ވަނީ، އެކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ އެންމެ ފަހުން ޕެންޝަން ފަންޑަށް ޖަމާކޮށްފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގައި ކަމަށެވެ. ޕެންޝަން ފައިސާ ޖަމާނުކުރި ނަމަވެސް ކޮންމެ މަހަކުވެސް މުވައްޒަފުންގެ އަތުން އަންނަނީ ޕެންޝަން ފައިސާ ކަނޑަމުންނެވެ، މުވައްޒަފުންގެ އަތުން ކަނޑާ ޕެންޝަން ފައިސާއަށް ހަދާގޮތެއް އެކުންފުނިން ނުބުނެއެވެ. ޕެންޝަން ޤާނޫނުގައި ބުނާ ގޮތުން، ކޮންމެ މުވައްޒަފެއްގެ މުސާރައިން %7 އަދި ކުންފުނީގެ ފަރާތުން މުަވއްޒަފުގެ މުސާރައިގެ ނިސްބަތުން %7 އާއެކު، މުސާރައިގެ ޖުމުލަ %14 ކޮންމެ މަހަކުވެސް ޕެންޝަން ފަންޑަށް ޖަމާކުރަން ޖެހޭނެއެވެ.
ވެމްކޯއިން ބުނީ، މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކޮށްދިނުން ހުއްޓާލާފައި ވަނީ، ކުންފުނީގެ ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ވަނީ ބުނެފައެވެ. ވެމްކޯގެ މާލީ ހާލަތު ގޯސްވެ އެކުންފުނީގެ މުވައްޒަފުންނަށްވެސް މުސާރަދެވޭ ދުވަސްވެސް ކޮންމެ މަހަކުވެސް ވަރަށް ބޮޑަށް ލަސްވަމުން އަންނަ ކަމުގައި ވެމްކޯގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނެފައިވެއެވެ.
ވެމްކޯގެ މާލީ ހާލަތު ގޯސްވުމުން ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އެއްދުވަހެއްގައި މުސާރަ ޖަމާކޮށް ނުދެވޭތާވެސް ވަރަށް ގިނަ ދުވަސްވެފައިވާކަން އެނގިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް