classified
ރާއްޖެ

ޤުބާގެ ޖުލައި އުމްރާގެ ބައިވެރިން ފުރައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޤުބާގެ ޖުލައި އުމްރާގެ ބައިވެރިން ފުރައިފި

ޤުބާގެ އުމްރާވެރިން ފުރުން -- ފޮޓޯ: ރައްޔިތުންގެ ނޫސް

ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސްގެ ޖުލައިމަހުގެ އުމްރާވެރިން މިއަދު ފުރައިފިއެވެ.

އުމްރާވެރިން މިއަދު ފުރާފައި ވަނީ، ދެފްލައިޓެއްގައެވެ. އެއީ ސައުދީ އެއާގެ ފްލައިޓަކާއި ގަލްފު އެއާގެ ފްލައިޓެއްގައެވެ.

ޖުލައިމަހުގެ އުމްރާވެރިންނަށް މިރޭގެ ފަތިހުގެ ކުރިން ޖިއްދާއަށް ދެވޭނެއެވެ.

ޖުލައި މަހުގެ އުމްރާގައި ބައިވެރިވާ ފަރާތްތަކުން އުމްރާގެ އަޅުކަން ނިންމާފައި މާލެ އަންނާނީ ޖުލައި 30 ވަނަ ދުވަހުގައެވެ.

ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސްގެ އުމްރާ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޤުރޫޕުން 3 އުމްރާ ކޮށްދޭނެކަމަށާއި، އިތުރަށް އުމްރާވާން ބޭނުންވާ ފަރާތްތަކަށް ވެސް އެފުރުޞަތު ގުރޫޕުން ފަހިކޮށްދޭނެއެވެ.

ޢުމްރާގެ އަޅުކަމާއި އެކު، މައްކާ އާއި ޠާއިފް، އަދި މަދީނާ އާއި ޖިއްދާގައި ހުރި އިސްލާމީ ތާރީޚާއި ގުޅޭ މުހިއްމު އާސާރީ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތުވެސް ޤުރޫޕުން އުމްރާވެރިންނަށް ފަހިކޮށްދޭނެ ކަމުގައި، ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސްއިން މައުލޫމާތު ދެއްވާފައި ވެއެވެ.

ޖުލައިމަހުގެ އުމްރާގެ ބައިވެރިން މިއަދު ފުރި އިރު، ޤުބާ ހައްޖު އެންޑް އުމްރާ މޯލްޑިވްސްގެ ޑިސެމްބަރު މަހުގެ އުމްރާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އަދި ޑިސެމްބަރު މަހުގެ އުމްރާ ދަތުރުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އޮގަސްޓްމަހުގެ 31ގެ ކުރިން ފައިސާ ދައްކަވާ ފަރާތްތަކަށް ޚާއްޞަ ޑިސްކައުންޓެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ޑިސެމްބަރު މަހުގެ އުމްރާ ދަތުރު އޮންނާނީ، ސްކޫލު ބޮޑުޗުއްޓީ އާއި ދިމާވާގޮތަށް 20 ޑިސެމްބަރުން، 04 ޖެނުއަރީއަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް