ދުނިޔެ

ސަޢޫދީ، ޔޫއޭއީ، ބަހްރައިން އަދި ޤަތަރުގެ ގޭސް ފީލްޑްތަކަށް ބޮން އަޅައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަޢޫދީ، ޔޫއޭއީ، ބަހްރައިން އަދި ޤަތަރުގެ ގޭސް ފީލްޑްތަކަށް ބޮން އަޅައިފި

ސަޢޫދީ، ޔޫއޭއީ، ބަހްރައިން އަދި ޤަތަރުގެ ގޭސް ފީލްޑްތަކަށް އީރާނުން މިރޭ ބޮން އަޅައިފިއެވެ.

އެޤައުމުތަކުގެ ހަކަތައާއި ބެހޭ އިންފްރާސްޓްރަކްޗަރތަކަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތައްދީ ހަލާކުކޮށްލާފައި މިވަނީ، މިއަދު އީރާނުގެ ގޭސް ފީލްޑްތަކަށް އެމެރިކާ އާއި އިޒްރޭލުން ބޮން އެޅުމާއި ގުޅިގެންނެވެ.

އީރާނުގެ ހަކަތައާއި ބެހޭ އިންފްރާސްޓްރަކްޗަރ ތަކަށް ހަމަލާދޭނަމަ، އެމެރިކާގެ މަސްލަޙަތު އޮންނަ ޢަރަބި ޤައުމުތަކުގައި ހުރި ގޭސްފީލްޑްތަކަށް ހަމަލާދޭނެ ކަމުގައި އީރާނުން ވަނީ ކުރިން އިންޒާރުވެސް ކޮށްފައެވެ.

އީރާނުން މިރޭ ދިން ހަމަލާތަކުގައި ސަޢޫދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ ތެޔޮރައްކާކުރާ ޓޭކްތަކެއްވެސް ވަނީ ގޮއްވާލާފައެވެ. މީގެ އިތުރުން ސަޢޫދީޢަރަބިއްޔާގެ ރިޔާދުގައި ހުރި އެމެރިކާ ސިފައިންގެ މަރުކަޒަކަށްވެސް އީރާނުން ވަނީ ހަމަލާ ދީފައެވެ. އެހެން ނަމަވެސް ސަޢޫދީ ޢަރަބިއްޔާއިން ބުނެފައި ވަނީ، އީރާނުން ފޮނުވާލި 4 ބެލަސްޓިކް މިސައިލެއް ރިޔާދުގެ އަމާޒުތަކަށް ވާސިލްވުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ. އަދި ގޮއްވާލި މިސައިލެއްގެ ބައެއް ރިޔާދުގެ ދެކުނުގައިވާ ތެޔޮސާފުކުރާ ކާރުޚާނާއެއްގެ ކައިރިއަށް ވެއްޓުނު ކަމުގައިވެސް ސަޢޫދީގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ޔޫއޭއީގެ ފުޖެއިރާ ޕޯޓުގައި ހުރި ތެޔޮރައްކާކުރާ ތަނަކަށްވެސް މިރޭ އީރާނުން ހަމަލާދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް