ބޭންކް ލޯނާއި ފެސިލީޓީތައް ދޫކުރާ އުމުރުން 75 އަހަރަށް މަތިކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެބޭންކުން ލޯނާއި ފެސިލީޓީތައް ދޫކުރާ އުމުރު 75 އަހަރަށް މަތިކޮށްފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ، އެ ބޭންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފެވެ.
ޝަރީފް ވިދާޅުވީ، އެނިންމުން ނިންމާފައި ވަނީ އިއްޔެ ބޭންކުގެ ބޯޑުން ކަމަށެވެ. މިއާައި އެކުގައި، ގެދޮރުގަތުމާއި އެހެނިހެން ވިޔަފާރި ބޭނުމަށް ލޯނާއި ފެސިލިޓީތައް ހޯދުމަށް، ފަސޭހަވެގެންދާނެކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ކުރިން ބޭންކުގެ އުސޫލުތައް އޮންނަ ގޮތުން އުމުރުން 60 އަހަރަށްވުރެ މަތިވެފައިވާ ފަރާތްތަކަށް ބޭންކުން ލޯނު ދޫކުރެވެން ނޯންނަކަމަށެވެ. އަދި އުމުރުން 55 އަހަރުވެފައިވާ ފަރާތްތަކަށްވެސް ލޯނު ދޫކުރެވެނީ، 5 އަހަރުގެ ތެރޭގައި ލޯނު ފައިސާ ަނބުރާ ދައްކާގޮތަށް ކަމުގައި ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ދިވެހިންގެ ޤައުމީ ބޭންކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް