Post banner
ރާއްޖެ

ދިރުވާލައިގެން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިރުވާލައިގެން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

މީހެއްގެ ބަނޑުން ނަގާފައިވާ ކޮކެއިން ބުލެޓްތަކެއް --

ދިރުވާލައިގެން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހަކު އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިއްޔެ ހާމަކުރި ގޮތުގައި އެމީހާ އަތުލައިގަނެފައި ވަނީ، ހުސްވި ޖުލައި މަހުގެ 19 ވަނަ ދުވަހުގައެވެ. އޭނާގެ ގޮހޮރުން 66 ބުލެޓް، 1 ކިލޯ 180 ގްރާމް މަސްތުވާތަކެތި ފެނިފައި ވެއެވެ. އޭނާ ދިރުވާލައިގެން އެތެރެކުރަން މަސައްކަތް ކުރީ ކޮކެއިން ކަަމަށް ވެސް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ވަނަވަރެއް ކަމާއި ބެހޭ މުއައްސަސާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް