Post banner
ވިކުރާ

ދިރާގު މޯބައިލް އިންޓަރެނެޓުގެ ޚިދުމަތަށް މައްސަލަތަކެއް ދިމާވެފައިވާ ކަމުގައި އެކުންފުނިން ބުނެފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިރާގު މޯބައިލް އިންޓަރެނެޓުގެ ޚިދުމަތަށް މައްސަލަތަކެއް ދިމާވެފައިވާ ކަމުގައި އެކުންފުނިން ބުނެފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)ގެ މޯބައިލް އިންޓަރނެޓު ޚިދުމަތަށް މައްސަލައެއް ދިމާވެފައިވާ ކަމުގައި އެކުންފުނިން ބުނެފިއެވެ.

ދިރާގުގެ ކަސްޓަމަރުންނަށް މޯބައިލް އިންޓަރނެޓް ބޭނުން ނުކުރެވޭއިރު، އެމައްސަލަ ހައްލުކުރުމަށް މަސައްކަަތް ކުރަމުންދާ ކަމުގައި ދިރާގުގެ ކަސްޓަމަރ ސަރވިސްއިން ވަނީ ބުނެފައެވެ.

އިއްޔެ ދިރާގުން އާއްމު ކުރި ބަޔާނެއްގައި ރެއާއި މިއަދު ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމްގެ މެއިންޓެނަންސް މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާ ކަމުގައި ވަނީ ބުނެފައެވެ. މިގޮތުން، ދިރާގު ބިޒްނަސް ސަޕޯޓް ސިސްޓަމްގެ މުހިންމު މެއިންޓެނަންސް މަސައްކަތަތް ކުރިޔަށްދާނީ، 31 ޖުލައި 2026 ވާ ހުކުރު ދުވަހުގެ އިރު އޮއްސި 06:00އިން ފެށިގެން 01 އޮގަސްޓް 2026 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00އާ ހަމައަށް ކަމުގައި އެކުންފުނިން ބުނެފައި ވެއެވެ. މި މަސައްކަތް ކުރަމުންދާ ވަގުތުތަކުގައި ދިރާގުއެޕް، މައިއެކައުންޓް އަދި މަމެން އެޕްގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށާއި، އަދި އޭގެ ތެރޭގައި، ރީލޯޑް އަދި ރީޗާޖްގެ ހިދުމަތްތައް، ބިލަށް ފައިސާ ދެއްކުން، އަދި ހިދުމަތްތައް އެކްޓިވޭޓްކުރުންވެސް ހިމެނޭނެ ކަމުގައި ދިރާގުން ބުނެފައި ވެއެވެ.

މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ވެސް ކަސްޓަމަރުންނަށް ފޯނު ކޯލު، އެސް.އެމް.އެސް، އަދި މޮބައިލް ޑޭޓާގެ ހިދުމަތްތައް ލިބޭނެ ކަމުގައި ދިރާގުން އިއްޔެ ބުނެފައި ވީ ނަމަވެސް ދިރާގުގެ މޯބައިލް އިންޓަރނެޓްގެ ޚިދުމަތް މިއަދު ހެނދުނުން ފެށިގެން ވަނީ މެދުކެނޑިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް