ރާއްޖެ

ހައިވޭގެ އިރުމަތިން އޮތްބައި ހިއްކުމަށް ބަންޑްވޯލް ޖަހަން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހައިވޭގެ އިރުމަތިން އޮތްބައި ހިއްކުމަށް ބަންޑްވޯލް ޖަހަން ފަށައިފި

މިސަރުކާރުން ރޭސިންގ ޓްރެކެއް އަޅައިދިނުމަށް ވެފައިވާ ވަޢުދު ފުއްދުމުގެ ގޮތުން ހުޅުލޭގެ އިރުމަތީ ފަރާތުން، ހައިވޭގެ އިރުން ފުއްޓަރުމަތި ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

މިގޮތުން ރަންވޭގެ ދެކުނު ލައިޓްތަކާއި ހިސާބުގައި ބަންޑުވޯލް ޖެހުމަށް، ދެ ހައިމާކު މިހާރު ދަނީ ބޭނުން ކުރަމުންނެވެ. ރަންވޭގެ ދެކުނުކޮޅު ލައިޓްތައް ފެށޭ ހިސާބުން ފެށިގެން ހައިވޭގެ އިރުމަތިން އޮތްނަ ފުއްޓަރުމަތިން 2 ކިލޯ މީޓަރުގެ ސަރަހައްދެއް ރޭސް ޓްރަކް އެޅުމަށްޓަކައި ހިއްކުމަށް ހަމަޖެހިފައިވާ ކަމުގައި އެމްއޭސީއެލުން ވަނީ ހާމަކޮށްފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އެމްއޭސީއެލްގެ ބިން ހިއްކާ ސަބްސިޑަރީ ކުންފުނިންނެވެ. އެހެން ނަމަވެސް އެމަސައްކަތް ފަށާފައި ވަނީ، އެކަމަށް އީއައިއޭވެސް ނުހަދައި ކަމަށް، އެނގިފައިވެއެވެ.

ހައިވޭގެ އިރުމަތިން އޮތްބައި ހިއްކަވައި އެތަނުގައި ރޭސިންގ ޓްރަކް އަޅުއްވައި ދެއްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ އަމަލީ މަސައްކަތް މިހަފްތާގައި ފަށާނޭ ކަމަށް މިދިޔަ ހޮނިހިރު ދުވަހު ރައީސް ޒުވާނުންނާއި އެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ހާމަކުރައްވާފައެވެ.

މީގެ އިތުރުން އުސްފަސްގަނޑުގައި، ސަރުކާރުން ތަރައްޤީކުރި ސްކޭޓްޕާކާއި، ދަނޑުގެ މަސައްކަތް ނިންމައި އެތަން ހުޅުވުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް