ރާއްޖެ

ރާއްޖެ ތެލަށް ޖެހިދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާއްޖެ ތެލަށް ޖެހިދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ---

މެދު އިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެ ތެލަށް ޖެހިދާނޭ ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާއި ގުޅިގެ އޭޝިއާގެ ޤައުމުތައް ތެލަށް ޖެހިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް، ސީއެންއެން ފަދަ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ރިޕޯޓުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުވެސް ކުރިން ފުރުއްވާފައިވާ ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ފަރާތްތަކާއި އެސްޓީއޯ އެއްކޮށްލުމުންވެސް މުޅި ރާއްޖޭގައި ރައްކާކުރެވިފައި ހުންނަނީ އެންމެ 20 ދުވަހަށް ފުދޭ މިންވަރުގެ ތެލެވެ. މިގޮތުން އެސްޓީއޯ އާއި ޕްރައިވެޓް ސެކްޓަރ ހިމެނޭހެން ރާއްޖޭގައި ތެޔޮ ރައްކާކުރެވޭ ކެޕޭސިޓީއަކީ، 95 މިލިއަން ލީޓަރު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއީ 70 މިލިއަން ލީޓަރުގެ ޑީސަލާއި، 25 މިލިއަން ލީޓަރު ޕެޓްރޯލެވެ.

ރައީސް ނަޝީދު ވަނީ ކުރިމަތިވަމުން އަންނަ އިޤުތިޞާދީ ދަތިކަމުން އަރައިގަތުމަށް އަޅަން ފެންނަ ބައެއް ފިޔަވަޅުތައްވެސް ފާހަގަކުރައްވާފައެވެ.

އޭގެ ތެރޭގައި:

  1. ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ފިއުލް ސްޓޯރޭޖް ކެޕޭސިޓީ ދެނެގަތުން

  2. ކަރަންޓް ކަނޑާ ގަޑިގަޑި ކަނޑައެޅުން

  3. އެއްގަމު އުޅަނދު ފަހަރު ދުއްވުން ކޮންޓްރޯލް ކުރުން

  4. ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަށް ހުޅުވާ ވަގުތު މަދުކުރުން

  5. އިޖުތިމާއީ ހަރަކާތްތައް މަދުކުރުން

  6. މަސްވެރިކަމާއި ރިސޯޓްތަކަށް ތެޔޮ ކަށަވަރުކުރުން

  7. އޭވިއޭޝަން ފިއުލް ކަށަވަރުކުރުން

  8. ހުޅަނގު އޭޝިޔާ ހުރަސްކުރަން ނުޖެހޭ މަތިންދާބޯޓު އަދި ކަނޑު ބޯޓު ފަހަރުގެ ރޫޓުތައް ހޯދާ ސަޕްލައި ލައިން ބަދަލުކުރުން

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް