Post banner
ރާއްޖެ

ވަޒީފާ އަދާކުރާ ބިދޭސީންނަށް މުސާރަ ޖަމާކުރުމަށް އެކައުންޓް ހުޅުވައި ނިންމުމަށް އަންގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވަޒީފާ އަދާކުރާ ބިދޭސީންނަށް މުސާރަ ޖަމާކުރުމަށް އެކައުންޓް ހުޅުވައި ނިންމުމަށް އަންގައިފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންތަކެއް --- ފޮޓޯ: ރައްޔިތުންގެ ނޫސް

ވަޒީފާދޭ އެންމެހައި ފަރާތްތަކުން އެ ފަރާތްތަކުގެ ދަށުން މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ނަމުގައ،ި ވީއެންމެ އަވަހަކަށް ބޭންކް އެކައުންޓް ހުޅުވައި ނިންމެވުމަށް ހޯމް މިނިސްޓްރީ އިލްތިމާސްކޮށްފިއެވެ.

އެމިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނ،ީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމ.ްއެމ.ްއޭ) ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ކަމަށެވެ.

އެހެންކަމުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން ބިދޭސީ މުވައްޒަފުންގެ މުސާރައާ ގުޅޭ މައްސަލަތަކުގައ،ި މުވައްޒަފަށް މުސާރަ ދީފައިވާކަމަށް ބެލެވޭނ،ީ އެމ.ްއެމ.ްއޭ ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފުގެ އަމިއްލަ އެކައުންޓަށް މުސާރަ ޖަމާކޮށްފައިވާނަމަ ކަމުގައިވެސް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާގައި ގެންގުޅޭ ފަރާތްތަކުން އެފަރާތްތަކަށް ދޭންޖެހޭ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުމަށް މިހާރު ވަނީ ލާޒިމްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް