ދުނިޔެ

އީރާނުގެ މަނަވަރު ފައްތާލީ އެމެރިކާގެ ސަބްމެރިންއަކުން ދިން ހަމަލާއެއްގައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އީރާނުގެ މަނަވަރު ފައްތާލީ އެމެރިކާގެ ސަބްމެރިންއަކުން ދިން ހަމަލާއެއްގައި

އެމެރިކާއިން ހަމަލާދީ ފައްތާލި، އީރާނުގެ މަނަވަރު އައިރިސް ޑެނާ -- ފޮޓޯ: އިންޑިއާ އަސްކަރިއްޔާ

ރާއްޖޭގެ އިރުމަތިން ސްރީލަންކާ ކައިރިން، އީރާންގެ އަސްކަރީ މަނަވަރު އައިރިސް ޑެނާ އަށް ހަމަލާދީފައި ވަނީ އެމެރިކާގެ ސަބްމެރިންއަކުން ކަމުގައި ރިޕޯޓްތައް ބުނެފިއެވެ.

މިހަމަލާގައި އެ މަނަވަރު އިންޑިއާ ކަނޑަށް އަޑިޔަށް ގޮސްފައި ވާއިރު، ސްރީލަންކާގެ ކަނޑުގެ ސިފައިން ވަނީ އެ މަނަވަރުން ފޮނުވި އިމާޖެންސީ ސިގްނަލަށް އިޖާބަދީ އެސަރަހައްދަށް ގޮސް، އީރާނު ސިފައިންގެ 32 މީހުން ސަލާމަތްކޮށް ކޮލަމްބޯއަށް ގެންގޮސްފައެވެ. އޭގެ ތެެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ސްރީލަންކާއިން ބުނެފައި ވެއެވެ.

މިހަމަލާގައި އަޑިޔަށް ދިޔަ މަނަވަރުގައި ތިބި އީރާނު ސިފައިންގެ ތެރެއިން 148 މީހުން ގެއްލިފައިވާ ކަމުގައިވެސް މައުލޫމާތު ލިބިފައި ވެއެވެ.

Uploaded image

މި މަނަވަރަށް އެމެރިކާއިން ހަމަލާދީފައި މިވަނީ، އިންޑިއާގެ ވިޝާކަޕަޓްނަމްގައި ފެބުރުއަރީ މަހުގެ މަހުގެ 15އިން 25އަށް ކުރިޔަށް ގެންދިޔަ، ބައިނަލްއަގުވާމީ ފްލީޓް ރިވިއުގައި ބައިވެރިވުމަށްފަހު އެނބުރި އީރާނަށް ދިޔުމަށްޓަކައި ދަތުރުކުރަމުން ދަނިކޮށެވެ.

މި އަހަރުގެ ފްލީޓް ރިވިއުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 74 ޤައުމަކުން ބައިވެރިވެފައިވެއެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާއި ދެކޮޅަށް ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް ދެމުން އަންނަ ހަމަލާތަކުގައި އީރާނުގެ އަސްކަރީ އުޅަނދުތަކަށާއި އަމާޒުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް