ވޯޓު ގުނަން ފަށައިފި: ސޯބެ ކުރީގައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ނިމި، ވޯޓު ގުނަން ފަށައިފިއެވެ.
މިއަދު ބޭއްވި މި އިންތިޚާބުގައި އައްޑޫ އާއި މާލެ ހިމެނޭހެން ޖުމުލަ 7 ފޮއްޓެއް ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން ދެ ފޮއްޓެއްގެ ނުރަސްމީ ނަތީޖާ ލިބިފައި ވާއިރު، ކުރީގައި އުޅެނީ، އެމްޑީޕީގެ ކެނޑިޑޭޓް ޢަބްދުﷲ ޞާދިޤެވެ.
މިގޮތުން މާލޭގައި ބެހެއްޓި ދެފޮށީގެ ތެރެއިން 1 ނަމްބަރު ފޮށިން ކުރި ލިބިފައި ވަނީ، ސޮޑާ އަށެވެ. އޭނާއަށް 212 ވޯޓު ލިބުނު އިރު، ސޯބެއަށް ލިބުނީ 207 ވޯޓެވެ.
މާލޭ ދެނަމްބަރު ވޯޓުފޮށީގެ ނުރަސްމީ ނަތީޖާއަށް ބަލާއިރު، ސޯބެ ވަނީ ކުރި ހޯދާފައެވެ. އެފޮށިން ސޯބެއަށް 245 ވޯޓު ލިބިފައި ވާއިރު ސޮޑާއަށް ލިބިފައި ވަނީ 142 ވޯޓެވެ.
ހިތަދޫ ފަސް ނަމްބަރު ވޯޓުފޮށިން ކުރި ހޯދާފައި ވަނީ، ސޯބެއެވެ. އެފޮށިން ސޯބެއަށް 184 ވޯޓު ލިބުނު އިރު ސޮޑާއަށް ލިބިފައި ވަނީ، 152 ވޯޓެވެ.
ނުރަސްމީ ނަތީޖާ ނުލިބޭ އަދި 5 ފޮށި އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް