ރަށްވެހިކަން ބަދަލުކުރާނަމަ 2000ރ ގެ ފީއެއް ނަގަން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހިންނަވަރު ރައްޔިތުންތަކެއް.
ޅ. ހިންނަވަރުގެ ރައްޔިތުންގެ ތެރެއިން އެހެން ރަށްރަށަށް ރައްވެހިކަން ބަދަލުކުރަން އެދި ހުށައަޅާ ފަރާތްތަކުގެ އަތުން 2000ރގެ ފީއެއް ނެގުމަށް ހިންނަވަރު ކައުންސިލުން ނިންމައިފިއެވެ.
އެކައުންސިލުން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ހިންނަވަރުގެ ރައްޔިތުންގެ ތެރެއިން 1 ސެޕްޓެމްބަރު 2026ގެ ފަހުން ރައްވެހިކަން ބަދަލުކުރަން ހުށައަޅާ ފަރާތްތަކުގެ އަތުން 2000ރގެ ފީއެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ. މި ފީއަކީ، ރައްވެހިކަން ބަދަލުކުރުމުގެ މަސައްކަތްތަކަށް ނަގާ އިދާރީ ފީއެއް ކަމުގައިވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ހިންނަވަރު ކައުންސިލުން ބުނެފައި ވަނީ، މިގޮތަށް ނިންމާފައި ވަނީ، ހިންނަވަރު ރަށްވެހިން ހިންނަވަރުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވުމަކީ ހިންނަވަރުގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރުކުރާ ކަމެއްކަމަށް ފާހަގަ ކުރެވޭތީއާއި ހިންނަވަރުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
މީގެ ކުރިން ގދ ތިނަދޫއިންވެސް ވަނީ މިފަދަ ފިޔަވަޅެއް އަޅާފައެވެ. އެކަމާއި ގުޅިގެން އެފީ ނުނެގުމަށް އެލްޖީއޭއިން ތިނަދޫ ސިޓީކައުންސިލަށްވެސް އެންގިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް