Post banner
ރާއްޖެ

ވިލިމާލޭ ހޮސްޕިޓަލު އެޅުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވިލިމާލޭ ހޮސްޕިޓަލު އެޅުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ވިލިމާލެ ހޮސްޕިޓަލް ހުންނާނެ ގޮތުން 3ޑީ ކުރެހުން -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ވިލިމާލޭގައި ޗައިނާ ހިލޭ އެހީގެދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫޢުގެ އިމްޕްލިމެންޓޭޝަން އެގްރިމަންޓްގައި މިއަދު ސޮއިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއެމްބަސީގެ ކައުންސެލަރ ޒެންގް ޒޫ އެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގައި ވިލިމާލޭ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހެދި އެއްބަސްވުމެއް ކަމުގައި އެމިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ.

ވިލިމާލޭ ހޮސްޕިޓަލުގެ މަޝްރޫޢު ކުރިޔަށް ގެންދަނީ، "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" މަޝްރޫޢުގެ ނަމުގައެވެ. މިހޮސްޕިޓަލަކީ، 112 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް