ރާއްޖެ އޮތީ އިޒްރޭލާއި އެމެރިކާއަށް ވާގިވެރިވާ ޢަރަބި ޤައުމުތަކާއި އެކުގައި: ރައީސް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާއިބައްދަލު ކުރެއްވުން --- ފޮޓޯ: ރައްޔިތުންގެ ނޫސް
އީރާނާއި ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ހަނގުރާމަ ފަށާފައި ވާއިރު، ދިވެހި ސަރުކާރުން މަސައްކަތް ކުރަނީ، އެ ދެޤައުމަށް ވާގިވެރިވާ ޢަރަބި އިސްލާމީ ޤައުމުތަކާއެކީ، އެއް ބްލޮކެއްގެ ގޮތުގައި، އެކަތިގަނޑެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ޚާމަނާއީ ޝަހީދުކޮށްލުން ކުއްވެރިކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އީރާނުގެ އަންހެން ކުޑަކުދިންތަކެއް ކިޔަވަމުން ދިޔަ ސްކޫލަކަށް އިޒްރޭލާއި އެމެރިކާއިން ބޮން އަޅައި 100 ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލުންވެސް ކުއްވެރިއެއް ނުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަނގުރާމަ އާއި ގުޅިގެން ޢަރަބި ދުނިޔޭގެ ވެރިންނަށް ފޯނުން ގުޅުއްވައި، ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އެޤައުމުތަކާއި އެކުގައިކަން ހާމަކުރައްވާފައިވާނެ ކަމަށެވެ. މިގޮތުން ޚާއްޞަގޮތެއްގައި، ޔޫއޭއީގެ ރައީސަށް ފޯނުން ގުޅުއްވިކަން އެމަނިކުފާނު ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް