ދިވެހި މުޖުތަމަޢުގައި ބަނގުލަދޭޝް މީހުންގެ ދައުރަކީ އަގު ނުކުރެވޭނެ ދައުރެއް: ރައީސް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާނުގެ ހާދިސާގައި މަރުވި، ބަނގުލަދޭޝްގެ ރައްޔިތުންގެ ހަށިތައް މާލެ ގެނައުމަށް ޕިކަޕެއްގައި، ބަނދަރުމައްޗަށް ނެރެފައި --- ފޮޓޯ: ރައްޔިިތުންގެ ނޫސް
ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އދ. ދިގުރަށުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހުން ނިޔާވުމާއި ގުޅިގެން، އެޤައުމުގެ ރައީސަށް ތަޢުޒިޔާވިދާޅުވެ ފޮނުއްވި ސިޓީފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ޙާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާކަމަށެވެ.
ރާއްޖޭގައި ލައްކައަަކަށް ވުރެ ގިނަ ބަނގުލަދޭޝް މީހުން މަސައްކަތް ކުރާއިރު، އެންމެ އާދައިގެ ވަޒީފާތަކުން ފެށިގެން އިޤުތިޞާދީ މަސައްކަތްތަކުގެ އެންމެ މަތީ ވަޒީފާތަކުގައި ބަނގުލަދޭޝް މީހުން މަސައްކަތް ކުރެއެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގައި ބިދޭސީ މަސައްކަތްތެރިން ޚާއްޞަކޮށް ބަނގުލަދޭޝް މީހުންގެ ދައުރު ވަރަށް ބޮޑެވެ.
އެހެން ނަމަވެސް ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ކުންފުނިތަކުންނާއި ދިވެހިންވެސް އެންމެ އިހާނެތިކޮށް ކަންތައްތައް ކުރަނީ ބަނގުލަދޭޝް މީހުންނަށް ކަމުގައި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ޖަމާޢަތްތަކުންވެސް ފާހަގަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް