އިންނަމާދޫ ބަނދަރު ސަރަހައްދުގައި އެހެލާފައި ހުރި އުޅަނދު ފަހަރާއި އެހެނިހެން ތަކެތި ނަގަން އަންގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންނަމާދޫ ބަނދަރު ސަރަހައްދުގައި އޮތް އުޅަނދެއްގެ އޮނިގަނޑެއް --
އިންނަމާދޫ ބަނދަރު އަޕްގުރޭޑްކުރާ ސަރަޙައްދުގައި އެހެލާފައިހުރި އުޅަނދުފަހަރާއި އެކި ފަރާތްތަކުން ބަހައްޓާފައިހުރި އެކި ޒާތުގެ މުދާ، އެތަކެތީގެ ވެރިފަރާތުން ނެގުމަށް އިންނަމާދޫ ކައުންސިލުން އަންގައިފިއެވެ.
އިންނަމާދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ، މިއަދު، 17 އޮގަސްޓު 2026 ވަނަ ދުވަހުން ފެށިގެން 3 ދުވަސް ތެރޭގައި އެތަކެތީގެ ތަފްސީލް އިންނަމާދޫ ކައުންސިލަށް ހުށައަޅައި، އެތަކެތި 7 ދުވަސް ތެރޭގައި ނެގުމަށް އަންގާ ކަމަށެވެ. އެތަކެތީގެ ފޮޓޯއާއި އެކު ކޮށްފައިވާ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނަގާފައިނުވާ އުޅަނދުފަހަރާއި ތަކެތި، ނުވަތަ ވެރިފަރާތެއް ނެތް، ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތިން އެތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް ކައުންސިލުން ކުރިޔަށް ގެންދާނެ ކަމަށެވެ.އަދި މިކަމުގެ ސަބަބުން ލިބިދާނެ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުނަގާނެކަމަށްވެސް ވަނީ ބުނެފައެވެ.
ކައުންސިލްގެ ވޭތުވެދިޔަ ދައުރުގައި ވެސް އެސަރަޙައްދުތަކުން އުޅަނދުތަކާއި ތަކެތި ނެގުމަށް އަދި ވެރިފަރާތް ހޯދުމަށް އެތައް ފަހަރަކު ވަނީ އިޢުލާނުކޮއްފައެވެ. އެހެން ނަމަވެސް މިއަދާއި ޖެހެންދެން ވެސް މިކަމުގައި އެފަރާތްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން އެތަކެތި ނެގިފައި ނުވާކަމަށް ކައުންސިލުން ރައްޔިތުންގެ ނޫހަށް މައުލޫމާތު ދީފައި ވެއެވެ.
ޚަބަަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް