Post banner
ރާއްޖެ

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު އިންތިޚާބުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު އިންތިޚާބުކޮށްފި

ފަނޑިޔާރު ހުސައިން ޝަހީދު --- ފޮޓޯ: ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ކަމުގެ މަޤާމަށް، ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ، ފަނޑިޔާރު ހުސައިން ޝަހީދު މިއަދު އިންތިހާބުކޮށްފި އެވެ. 

ޖޭއެސްސީގެ ނައިބު ރައީސް ކަމުގެ މަޤާމު ހުސްވީ އެމަޤާމުގައި ކުރިން ހުންނެވި، ޔަޒްމީދު މުހައްމަދު، ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަޤާމުންނާއި، މެމްބަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޔަޒްމީދަކީ އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުގެ ގޮތުގައި ޢައްޔަނުކުރެއްވި މެމްބަރެކެވެ.

މިއަދު ނައިބު ރައީސްގެ މަޤާމަށް ހަމަޖެއްސެވި ފަނޑިޔާރު ޙުސައިން ޝަހީދަކީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން ކޮމިޝަނަށް އިންތިޚާބުކޮށްފައިވާ މެމްބަރެވެ. ފަނޑިޔާރު ޝަހީދު ޖޭއެސްސީގެ މެމްބަރެއްގެ މަޤާމަށް ޢައްޔަނުކުރެއްވީ 2025ވަނަ އަހަރުގެ އޭޕްރީލް 7 ގައެވެ.

ފަނޑިޔާރު ޝަހީދަކީ، ދަށުކޯޓުތަކާއި ހައިކޯޓުގައިވެސް މަސައްކަތްކުރެއްވި ޝަރުޢީދާއިރެ ތަޖުރިބާހުރި ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް