މެމްބަރު ފަލާހުގެ ސަފާރީއެއްގެ މަސައްކަތުގައި އުޅުނު ބައެއްގެ ގައިމައްޗަށް ޑެގެއް ވެއްޓި އަނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާާޙް، އިންނަމާދޫގައި ބަންނަމުން އައި ސަފާރީއެއްގެ މަސައްކަތުގައި އުޅުނު ބައެއްގެ ގައިމައްޗަށް ޑެގެއް ވެއްޓި އަނިޔާވެއްޖެއެވެ.
އިންނަމާދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 5 ޖަހައި ބޮޑުވިފަހުން ކަމަށެވެ. ހާދިސާގައި ޖުމުލަ 6 މީހަކަށް އަނިޔާވި އިރު، އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 5 ބިދޭސީންނެވެ. އަނިޔާވި އެންމެންނަށްވެސް މިހާރު ވަނީ، އިންނަމާދޫ ޞިއްޙީމަރުކަޒުގައި ފަރުވާ ދިނުމަށް ފަހު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ކަމުގައި، އިންނަމާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ޑެގުގަނޑު ދަށުވި ބިދޭސީއަކު ހޭނެތުނު ކަމަށާއި، އެހެން މީހެއްގެ އަތް ޗިސްވި ކަމުގައިވެސް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން މަސައްކަތް ކުރީ، ބަންނަމުން ދިޔަ ސަފާރީގެ މެއިން ޑެގު ހެދުމަށް އަޅާފައިވާ ފައިބަރު ޑެގު، ސަފާރީގެ އޮނިގަނޑުގެ މައްޗަށް އަރުވާށެވެ. ފައިބަރުން ހަދާފައިވާ، ސާޅީހަކަށް ފޫޓު ދިގު އަދި ސާދަވަރަކަށްފޫޓު ފުޅާ އެ ޑެގުގަނޑުގަނޑުގައި ގާތްގަނޑަކަށް އެއްޓަނު ހުންނާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް