Post banner
ރާއްޖެ

ރޯޑްކޯޕަރޭޝަން އުވާލައި، އެގްރޯނެޓް މިފްކޯ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލު ކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރޯޑްކޯޕަރޭޝަން އުވާލައި، އެގްރޯނެޓް މިފްކޯ ސަބްސިޑިއަރީ ކުންފުންޏަކަށް ބަދަލު ކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ---

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ރޯޑް ކޯޕަރޭޝަން އުވާލައި، އެކުންފުނީގެ ވަސީލަތްތަކާއި މަސައްކަތްތައް އެމްޓީސީސީއާ އެއްކޮށްލުމަށް ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް އޮފީހުން ބޭނުންވި ވަކި މީޑިއާތަކަކަށް ދައުވަތު ދީގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ،

ސަރުކާރުގެ ކުންފުނިތަކަށް ގެންނަ ބަދަލުތަކާއި ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމްޓީސީސީގެ ދަށަށް އާރްޑީސީގެ ވަސީލަތްތަކާއި މަސައްކަތްތައް ބަދަލުކުރުމުން ނަތީޖާ ރަނގަޅުވެ ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، ދަނޑުވެރިކަން ކުރި އެރުވުމަށް ކުރީ ސަރުކާރުގައި އުފެއްދި ކުންފުނި އެގްރޯނެޓް މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމުން، މިފްކޯ އާއި އެގްރޯނެޓް ގުޅިގެން ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފެނަކަ އުވާލައި އެކުންފުނީގެ މަސައްކަތްތަކާއި ވަސީލަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރުމަށްވެސް ވަނީ ނިންމާފައެވެ. ސަރުކާރުން މިބަދަލުތައް މިގެންނަނީ، ސަރުކާރުގެ ކުންފުނިތައް ވަރަށް ބޮޑަށް ދަރަނިވެރިވެ، އަދި ކުންފުނިތަކުގައި މުވައްޒަފުން ގިނަވެ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް