ރާއްޖެ

އުތީމުގައި ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ބަލަންފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އުތީމުގައި ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ބަލަންފަށައިފި

ހއ. އުތީމު --- ފޮޓޯ: ސްކައިލާކް ޓުއާރސް

ހއ. އުތީމުގައި އުމުރުން އެންމެ 9 ދުވަސްވީ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންނަށް ހުށައެޅީ، އުތީމު ޞިއްޙީމަރުކަޒުން ކަމަށެވެ. ފުލުހުންނަށް މައްސަލަ ހުށައަޅާފައި ވަނީ މި މާރިޗުމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:07 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އެމައްސަލަ ތަޙްޤީޤުކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވި ނަމަވެސް އެމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް