Post banner
ރާއްޖެ

މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވާނީ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު،

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފްވެރިކޮށްދެއްވާނީ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު،

ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް މިއަހަރު ޝަރަފްވެރިކޮށްދެއްވާނީ، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުކަމުގައި، ސަރުކާރުން ބުނެފިއެވެ.

ޕްރިންސް ޑޮކްޓަރ މަންޞޫރު ވަނީ އިއްޔެ ރާއްޖެ ވަޑައިގެންފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ބާއްވާއިރު، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް، މިނިވަން ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިއަހަރު ނުބޭއްވުމަށް ނިންމާފައިވާ ކަމުގައިވެސް ސަރުކާރުން ހާމަކޮށްފައި ވެއެވެ. އެހެން ނަމަވެސް މިނިވަން ދުވަސް ފާހަގަކުރުމަށް އެހެން ގިނަ ހަރަކާތްތަކެއް މާލެ ސަރަހައްދުގައި މިއަހަރުވެސް ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް