Post banner
ވިކުރާ

ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދެނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދެނީ

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: އެމްޕީއެލް

ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ،

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ސޯޝަލް ސެންޓަރުގައި ދިވެހި ވިޔަފާރިވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުފައެވެ.

އެބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވައިގެ މަގުން އަދި ކަނޑުމަގުން އެތެރެކުރާ މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމަށް މިހާރު އޮންނަ ވަގުތު 18 ގަޑިއިރުން 24 ގަޑިއިރަށް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރުން، އަމިއްލަ ފަރާތްތަކުގެ ވެހިކަލް ވައްދައިގެން މުދާ ކްލިއަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް މުދާ ގެންނައިރު މުދާ ނުނެރެވި އަރާ ޑެމަރޭޖްފީތައް ބޮޑުވަމުން ދިޔުމަކީ، އެކަމުގައި ވިޔަފާރިވެރިންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. އަދި ގަސްތުގައި މުދާ ދޫކުރުން ލަސްކޮށް ޑެމަރޭޖް ފީތައް ދެއްކުމަށް ވިޔަފާރިވެރިންނަށް މަޖުބޫރުކުރުވާ ކަމުގައިވެސް ބައެއް ވިޔަފާރިވެރިން މީގެ ކުރިންވެސް ތުހުމަތު ކުރަމުން ގެންގޮސްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް