Post banner
ރާއްޖެ

ކުނި އުކައިދިނުމުގެ ޚިދުމަތް ވެމްކޯއަށް ނުދެވޭ ކަމަށް ބުނެ އާއްމުން ޝަކުވާ ކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުނި އުކައިދިނުމުގެ ޚިދުމަތް ވެމްކޯއަށް ނުދެވޭ ކަމަށް ބުނެ އާއްމުން ޝަކުވާ ކުރަނީ

ހުޅުމާލޭގެ މައިމަގުގައި ޖަމާކޮށްފައި ހުރި ކުނިތަކެއް --- ފޮޓޯ: ރައްޔިތުންގެ ނޫސް

މާލެ ސަރަހައްދުގައި ގޭބިސީތަކުން ރޯދައަށް ތައްޔާރުވުމުގެ ގޮތުން ގޯތި ގެދޮރުމަރާމާތުކޮށް އަދި ސާފުކޮށް އުކާލަން ނެރޭ ކުނި ވެމްކޯއަށް އުކައި ނުދެވޭ ކަމަށް ބުނެ އާއްމު ބައެއް ފަރާތްތަކުން ޝަކުވާކޮށްފިއެވެ.

ރައްޔިތުންގެ ނޫހަށް މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ބުނީ، ކުނި އުކާލަން ވެމްކޯގެ ޕިކަޕަކަށް ގުޅައިގެން ޕިކަޕެއް ލިބުމަކީ ވަރަށް ދަތިކަމަކަށް ވެފައިވާ ކަމަށެވެ. މާލެ ސަރަހައްދުގައި އެންމެ އަގު ހެޔޮކޮށް ކުނި އުކައިދެމުން އައީ ވެމްކޯއިން ކަމަށްވާއިރު، ވެމްކޯގެ ކުޑަޕިކަޕެއް ކުނިއުކަން ހޯދުމަކީ މިހާރު ވަރަށް ދަތިވެފައިވާ ކަމެއް ކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ. މީގެ އިތުރުން ވެމްކޯއިން އަގުހެޔޮ ރޭޓުގައި ކުނި އުކައިނުދޭން މަސައްކަތް ކުރަނީ ކަމަށްވެސް ބައެއް މީހުން ތުހުމަތުކޮށްފައި ވެއެވެ.

ހުޅުމާލޭގެ ބައެއް މަގުތައް މައްޗަށާއި ދުވާރު މައްޗަށް އާއްމު ގޭބިސީތަކުން ކުނީގެ ގޮތުގައި ނެރެފައި ހުންނަ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު އަދި ދޮންނަމެޝިނާއި އައިސް އަލަމާރިފަދަ ތަކެތި އެޗްޑީސީން ނަގަމުން އަންނައިރު، އެޗްޑީސީގެ އޮފިޝަލަކުވެސް ވިދާޅުވީ، ވެމްކޯއަށް އެކަށީގެންވާ ގޮތުގައި ޚިދުމަތް ދެވޭ ކަމަށް ނުފެންނަ ކަމަށާއި، އަދި އާއްމުންވެސް ކުނިނެރުމުގައި އަމަލުކުރަމުން އަންނަ ގޮތުގެ ސަބަބުން އެންމެ ބޮޑު ބުރައެއް އުފުލަން ޖެހެނީ އެޗްޑީސީގެ މުވައްޒަފުންނަށް ކަމަށެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައި ހުރި އިރު، ރޭވެސް ވަނީ ކުނިތަކެއްގައި އަލިފާން ރޯވުމުގެ ހާދިސާއެއް ހިނގައި ގުދަނަކަށާއި ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް