މިނިވަން ދުވަސް ފާހަގަކުރުމަށް ގަމު އ.ތ.މ ކޮމިޓީން ބާއްވަނީ އެކްސްޕޯއެއް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ލ. ގަން އ.ތ.މ ކޮމިޓީން ބާއްވާ އެކްސްޕޯ އަންގާރަ ދުވަހު ހުޅުވޭނެ ކަމުގައި އެކޮމިޓީން ހާމަކުރައްވައިފިއެވެ.
މިނިވަން ދުވަހާއި ގުޅުވައިގެން ބާއްވާ މި އެކްސްޕޯ ކުރިޔަށް ގެންދާނީ، މިހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއެކްސްޕޯގައި، ކާބޯތަކެއްޗާއި ގަމުގައި އުފައްދާ އެހެން ބާވަތްތަކުގެ އުފެއްދުންތައް ވެސް ވިއްކަން ހުންނާނެއެވެ.
މި އެކްސްޕޯ ގަން އ.ތ.މ ކޮމިޓީން ކުރިޔަށް ގެންދަނީ، ލ. ގަން ކައުންސިލުގެ އެހީތެރިކަމާއި އެކުގައެވެ. އެކްސްޕޯ ކުރިޔަށްދާނީ، ޙަމަދުބިން ޚަލީފާ އާލްޘާނީ ސްކޫލުގެ ހޯލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް