ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓްގައި ކުޑަކުއްޖަކު ނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެކްސިޑެންޓްގައި ނިޔާވި 16 އަހަރުގެ ކުޑަކުއްޖާ ---
ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.
ނިޔާވި ކުއްޖަކީ، ބ. ދަރަވަންދޫ، ހިޔަލީ ގުލްޝަން / މުޙައްމަދު ނިހާން ނާޒިމް (16އ) އެވެ. މިކުއްޖާގެ ޖަނާޒާ އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށް ފަހުގައި މާލޭ އާސަހަރާ މިސްކިތުގައެވެ.
މުޙައްމަދު ނިހާންއަކީ، ޢިމާދުއްދީން ސްކޫލުގެ ގްރޭޑް 10 ބީ-2ގައި ކިޔަވަމުން އައި އަދި މިހާރު ކުރިޔަށްދާ އޯލެވެލް އިމްތިހާނުގައިވެސް ބައިވެރިވެފައިވާ ދަރިވަރެކެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 1:39 ހާއިރުގައި ކަމަށެވެ. އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ޕޭމަންޓްގައި ޖެހިގެންނެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކްސިޑެންޓްވި ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ޒުވާނެއް ކަމަށާއި، އެސައިކަލުގެ ފަހަތުގައި އިނީ، 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި ސައިކަލު ދުއްވި 19 އަހަރުގެ ޒުވާނާއަކީ، ސައިކަލް ދުއްވުމުގެ ލައިސަންސްވެސް ނެތް މީހެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް