ރައީސް ނަޝީދު މިއަދު އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ---
ރައީސް ނަޝީދު އިނގިރޭސި ވިލާތަށް މިއަދު ފުރާވަޑައިގަންނަވާނެ ކަމުގައި، އެމްޑީޕީން ހާމަކޮށްފިއެވެ.
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި އެޕާޓީގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތަށް މިކުރައްވާ ދަތުރުފުޅަކީ އެއް ހަފްތާގެ ދަތުރުފުޅެކެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ، މި ފެށޭ ޖުލައިމަހުގެ 2 ވަނަ ދުވަހުގައެވެ.
މި ދަތުރުފުޅުގައި ރައީސްނަޝީދު، ޔޫކޭ ކޮންޒަވެޓިވް ޕާޓީގެ އޮފިޝަލުންގެ އިތުރުން ޔޫކޭ ބާ ކައުންސިލާއިވެސް ބައްދަލުކުރައްވާނެ ކަމުގައި އެމްޑީޕީން ހާމަކުރައްވާފައިވެއެވެ. ރައީސް ނަޝީދަކީ އިނގިރޭސި ވިލާތުގެ ސިޔާސީ ބޭފުޅުންނާއި ގާތްގުޅުންތަކެއް އޮންނަ ބޭފުޅެކެވެ. ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރެއްވުމުގެ ހަރަކާތްތަކުގައި، ދިގުމުއްދަތެއް ރައީސް ނަޝީދު ހޭދަކުރެއްވީ އިނގިރޭސިވިލާތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް