Post banner
ރާއްޖެ

ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް ސީރިޔަސް އަނިޔާތަކެއްވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް ސީރިޔަސް އަނިޔާތަކެއްވެއްޖެ

އެކްސިޑެންޓްވި ސަރަހައްދުގައި ސައިކަލެއް ވެއްޓިފައި --- ފޮޓޯ: ވޮއިސް

ހުޅުމާލެ ފޭސް 2 ގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް 2ގައި ހުންނަ ވިނަރެސް ފްލެޓް 7ގެ ކައިރީގައެވެ، އެކްސިޑެންޓާއި ގުޅިގެން ފުލުހުން އަދި ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެހެން ނަމަވެސް ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 9 އަހަރުގެ ދިވެހި ކުޑައަންހެންކުއްޖަކަށް ކަމަށާއި އެކުޑަކުއްޖާގެ ހާލު ސީރިއަސް ކަމަށެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދަކީ އާއްމުކޮށް އެކްސިޑެންޓްތައް ހިނގަމުން އަންނަ ސަރަހައްދަކަށްވާތީ އެކަމުގެ ކަންބޮޑުވުންވެސް އާއްމު ބައެއް ފަރާތްތަކުން ފާޅުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް