Post banner
ރާއްޖެ

މިސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ފުނޑާލުން: ޑރ ޝަމްހީދު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ފުނޑާލުން: ޑރ ޝަމްހީދު

ޑރ. އަހުމަދު ޝަމްހީދު --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އާއްމު ވިޔަފާރިތައް ކުރިއަރުވަން އެހީތެރިވުމުގެ ބަދަލުގައި މިސަރުކާރުގެ ސިޔާސަތަކަށް މިވަނީ އެފަދަ ވިޔަފާރިތަށް ފުނޑާލުންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނުދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަމްހީދު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިގެން ލޮޖިސްޓިކްސް ވިޔަފާރިއަށް ވަނުމާއި ގުޅިގެން އެކަމާއިމެދު ފާޑުވިދާޅުވެ ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓުގައެވެ.

ޑރ. ޝަމްހީދު ވިދާޅުވީ، ސަރުކާރުން ގެންގުޅޭ ގަދީމީ ބޯދާ ވިސްނުމާއި ސިޔާސަތުތަކާއި ދެކޮޅަށް ރައްޔިތުން ނިކުމެ ބަސްބުނަން އެބަޖެހޭ ކަމަށެވެ. އަދި ސަރުކާރުން ކުރާ ވިޔަފާރިތަކުގެ ގެއްލުން ފޫބެއްދުމަށް މިދިޔަ އަހަރު ބަޖެޓުން އެކަނިވެސް 6 ބިލިއަނެއްހާ ރުފިޔާ ހޭދަކުރަން ޖެހުނުކަމަށާއި އަލަށް ފަށާ ކޮންމެ ވިޔަފާރިއަކަށް ބިލިއަނުން ހޭދަކުރަން މަޖުބޫރުވާނެ ކަމުގައިވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ސަރުކާރުން ރިސޯޓު ހިންގައި ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު 400 ޑޮލަރު ދެއްވާނެ ކަމުގައި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްއޔާ ވިދާޅުވި ވިދާޅުވުމަށް ފާޑު ވިދާޅުވެ ޑރ ޝަމްހީދު ވިދާޅުވީ، ސަރުކާރުން ރިސޯޓް ހިންގިޔަސް ރައްޔިތުންނަށް 400 ޑޮލަރު ލިބުމުގެ ބަދަލުގައި، އެވިޔާފަރިތަކަށް ލިބޭ ގެއްލުން ފޫބެދުމަށްވެސް ރައްޔިތެއްގެ ބޮލަކަށް 400 ހޭދަކުރަން ޖެހުމަކީ މާ ގާތްކަމެއް ކަމަށެވެ.

އެމްޕީއެލްއިން ލޮޖިސްޓިކް ވިޔަފާރީގެ ތެރެއަށް ވަނުމާއި ގުޅިގެން އެވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ އާއްމު އެހެން ފަރާތްތަކުންވެސް އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް