ރާއްޖެ

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން އުފައްދާ ކޮމިޓީތަކުގައި ބައިވެރިވުމުގެ ފުރުޞަތު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން އުފައްދާ ކޮމިޓީތަކުގައި ބައިވެރިވުމުގެ ފުރުޞަތު

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް، ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަނެއްކާވެސް ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ،" އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މި ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް އިތުރު ފުރުޞަތު ދެއްވުމަށްޓަކައި، އަންނަ 3 މާރިޗް 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް އަލުން ފުރުޞަތު ހުޅުވާލައްވާފައި ވާކަމަށެވެ. އަދި މެމްބަރަކަށް ވުމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަން ކައުންޓަރުންނާއި، އީމެއިލް info@po.gov.mvމެދުވެރިކޮށެވެ.

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް، އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ކޮމިޓީތަކެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ރާއްޖޭގެ އިޤުތިޞާދު ހީނަރުވެ އާއްމުރައްޔިތުންގެ ޙާލަތު ވަނީ ދަށްވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް