Post banner
ވިކުރާ

އަންހެނުންނަށް ޚާއްޞަ ސެލޫނެއް ހުޅުމާލެ ފޭސް 1ގައި ހުޅުވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަންހެނުންނަށް ޚާއްޞަ ސެލޫނެއް ހުޅުމާލެ ފޭސް 1ގައި ހުޅުވައިފި

ބިއުޓީ ބަރ ބައި ޒީ --- ފޮޓޯ ރައްޔިތުންގެ ނޫސް

ޒީ މޯލްޑިވްސްގެ ފުރަތަމަ ސެލޫން، ބިއުޓީ ބަރ ބައި ޒީ، ހުކުރު ދުވަހު ހުޅުމާލެ ފޭސް 1ގައި ހުކުރު ދުވަހު ހުޅުވައިފިއެވެ.

މިއީ އަންހެނުންނަށް ރީތިވުމާއި، ރީތިވުމަށްޓަކައި ބޭނުންވާ ފަރުވާތަކާއި ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭ ސެލޫނެވެ. މި ސެލޫންގައި އަންހެނުން ޒީނަތްތެރިވުމަށް، ސެލޫންއަކުން ފޯރުކޮށްދޭ މައިގަނޑު ހުރިހާ ޚިދުމަތްތަކެއްވެސް ފޯރުކޮށްދެނީ ތަޖުރިބާކާރު ޓީމަކުންނެވެ.

މިގޮތުން އިސްތަށިގަނޑު ކޮށުމާއި، ދޮވުމާއި ކުލަޖެއްސުމާއި، އަދި ފޭޝަލް ހެދުމާއި، ނިޔަފަތިތައް ސާފުކޮށް ރީތިކުރުމާއި، ވެކްސް ކުރުމުގެ ޚިދުމަތްތައް ފޯރިކޮށްދެއެވެ.

މިސެލޫން ހުޅުވާފައި ވަނީ، ހުޅުމާލެ ފޭސް 1ގެ ރިއޯ ގްރޭންޑް ރެސްޓޯރެންޓް ކައިރީގައި، ކިނބިގަސް މަގު 5 މަގު 5 ނަމްބަރު ގޯޅީގައެވެ.

ޒީ މޯލްޑިވްސްއިން ހާމަކުރައްވާފައިވާ ގޮތުގައި، އަންހެނުންނަށް ޚާއްޞަ މިސެލޫން ހުޅުވާފައި ހުންނާނީ، ހެނދުނު 11:30 އިން ރޭގަނޑު 8:30 އަށެވެ. އަދި ޚިދުމަތްތަކަށް ބުކިން ހެއްދެވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް، 9875005އަށް ގުޅުއްވައިގެން ދުރާލައި އެޕޮއިންޓްމެންޓް ހަމަޖެއްސޭނެއެވެ.

ޒީ މޯލްޑިވްސްގެ ފުރަތަމަ ސެލޫން އަންހެނުންނަށް ޚާއްޞަކޮށްގެން ހުޅުވާފައި ވާއިރު، ފިރިހެނުންނަށް ޚާއްޞަ ސެލޫންއެއްވެސް ވަރަށް އަވަހަށް ހުޅުވާނެ ކަމުގައި އެފަރާތުން މައުލޫމާތު ދެއްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް